ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓުގެ ފާޚާނާ މަރާމާތުކުރުން.

ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓުގެ ފާޚާނާ މަރާމާތުކުރުން

ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި އެއްގޮތަށް ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފާޚާނާ މަރާމާތު ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ވ. ތިނަދޫ މެޖިސްޓްރޭޓްކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ  24 ޖޫން 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން [email protected]  އަށެވެ.

 ބީލަން ހުށަހަޅާނީ 24 ޖޫން 2025 ވާ ބުދަ ދުވަހުގެ 11:00 އަށް ވ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.  މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

 ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

16 ޖޫން 2025
ހޯދާ