ދިވެހިރާއްޖެ
ކޮންމެ އަހަރަކުވެސް މި ކައުންސިލުން ކުރިޔަށް ގެންދާ ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 މި އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ފެށެމަށް ވަނީ ތާވަލު ކުރެވިފައެވެ. ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 ގެ މެޗްތައް ދުރަށް ދެއްކުމާއި، މުބާރާތް ހުޅުވުމުގެ އަދި ނިންމުމުގެ ރަސްމިއްޔާތު ފުރިހަމަކުރުމާއި، ފޮޓޯގްރަފީގެ ކަންކަން އަދި ސްޕޮންސަރ ލެޑް ބޯޑު ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ، ފަރުދުންގެ ވިޔަފާރިތަކުން ނުވަތަ ކުންފުނިތަކުން، މި ކައުންސިލުން ދޫކުރާ ރަޖިސްޓްރޭޝަން ފުރުމަށްފަހު 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ކުރިން މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ.
# |
|
ތަން |
ތާރީޚް |
ގަޑި |
1 |
ބީލަމުގައި ރަޖިސްޓްރީ ވުމަށް |
ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް އިދާރާއަށް ހާޟިރުވެ ހުށަހެޅުން ނުވަތަ [email protected]އަށް މެއިލް ކުރައްވައިގެން |
16 ޖޫން 2025 ން 25 ޖޫން 2025 އަށް |
25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން |
2 |
ބީލަން ހުށަހެޅުން |
ބީލަން ހުށަހަޅަންވާނީ، ކައުންސިލް އިދާރާ އަށް ހާޟިރުވެ ނުވަތަ [email protected] އަށް މެއިލް ކޮށްގެންނެވެ. |
07 ޖުލައި 2025 (ހޯމަ ދުވަސް) |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތް ތަކުން ބީލަމުގައި ބައިވެރިނުވެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް މި އިޢުލާނާ އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާން ކުރީމެވެ.