ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިން ކުރުމާއިބެހޭ

 

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިން ކުރުމާއިބެހޭ

   މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތ.ތިމަރަފުށީ އައު މަސްމާރުކޭޓް ޑިޒައިންކޮށް ބީއޯކިޔު ހަދައިދޭނެ  ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

ރަޖިސްޓްރީކުރުން 

ރަޖިސްޓްރީކުރުން އޮންނާނީ 16 ޖޫން 2025 ވާ ހޯމަ ދުވަހުން ފެށިގެން 26 ޖޫން 2025 ބުރާސްފަތި ދުވަހުގެ ނިޔަލަށް  (ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 14:00 ކަށް). ރަޖިސްޓްރީ ކުރުމަށް އެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.  އަދި މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 

ޕްރީބިޑް މީޓިން 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 29 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ލިޔުމުން މެއިލް ކުރެއްވުން އެދެމެވެ.  އީމެއިލް އެޑްރެހަކީ [email protected]

ބިޑް ހުށަހެޅުން 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ

އެހެނިހެން ކަންކަން 

  •  ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ ފަރާތަކަށް ހުށަހެޅޭނީ އެފަރާތެއްގެ ނަމުގައި 1 (އެކެއް) ބިޑެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

އިތުރު މަޢުލޫމާތު

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780675 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected]  އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

16 ޖޫން 2025
ހޯދާ