ދިވެހިރާއްޖެ
ޕިކަޕް ގަރާޖާއި ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިއިދާރާގެ ނަންބަރު:( (IUL)373-PP/INDIV/2024/57(17 ޑިސެންބަރ 2024) އިޢުލާނުގައިވާ މަސައްކަތަށް ބަދަލުގެނެސްފައިވާތީ އެއިޢުލާން ބާތިލުކޮށްފީމެވެ. އަދި މިކައުންސިލުންދޭ މަޢުލޫމާތާއި، ކުރެހުމާއެއްގޮތަށް މިކައުންސިލްގެ ޕިކަޕް ގަރާޖާއި ގުދަން ޢިމާރާތް ކުރުމުގެ މަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި (ސިމެންތި، ހިލަ، ހިލަވެލި، ކޮންކުރީޓް ދަގަނޑު، ރިންގު ދަގަނޑު، އަދި ބަންނަނަރު) ދިނުމުން، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ، މިދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
25 ޖޫން 2025 |
ބުދަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑި |
02 ޖުލައި 2025 |
ބުދަ |
13:00 |
މިމަސައްކަތް ކުރުމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6740015 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅާ ފޯމެއްގެ އަގަކީ -/100ރ. (ސަތޭކަ ރުފިޔާ) އެވެ. ފޯމު ގަތުމަށް ދައްކާ ފައިސާއަކީ ރީފަންޑު ކުރެވޭނެ ފައިސާއެއް ނޫނެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ޛުލްޙިއްޖާ 1446