ދިވެހިރާއްޖެ
ކާރެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
މި ކައުންސިލް އިދާރާއަށް ކާރެއް ހޯދުމަށް ކުރި އިޢުލާން ނަންބަރު: (IUL)234-A/234/2025/8 ބާޡިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން މިއިދާރާއަށް ބީލަން ހުށަހެޅުއްވުން އެދެމެވެ. ހުށައެޅޭ ބީލަންތައް ހުޅުވުން އޮންނާނީ 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުށަހެޅުއްވި ހުރިހާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި ވަޤުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަމާއި ފޯން ނަމްބަރު ލިޔެފައެވެ.
މި އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް، މި އިދާރާއިން ލިބިލައްވާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މި ކައުންސިލްގެ ފޯން ނަންބަރު: 6680507 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ.
19 ޛުލްޙިއްޖާ 1446
15 ޖޫން 2025
ޤާސިމް ސިހާނު
ސެކްރެޓަރީ ޖެނެރަލް