ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުންޏަށް ބޭނުންވާ 6 ކްލީނިންގ ކާރޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2025/128

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

GSRF-PSM/GA/2025/9

 

 

އިޢުލާން

  •    ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

         މިކުންފުންޏަށް ބޭނުންވާ 6 ކްލީނިންގ ކާރޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)PSM-FP/PSM/2025/10 އިޢުލާނާއި ގުޅިގެން މަސައްކަތް ހަވާލުކުރެވުނު ފަރާތަށް ތަކެތި ސަޕްލައިކޮށްދެވިފައިނުވާތީ އާއި އެ އިޢުލާނާއި ގުޅިގެން ކޯޓޭޝަން ހުށަހެޅި އެހެންފަރާތްތަކުން ހުށަހަޅާފައިވާ އަގު އެކަށީގެންވާވަރަށްވުރެ ބޮޑުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

         ވީމާ، ތިރީގައި ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އީ-މެއިލްއަށް ކޯޓޭޝަން ފޮނުވައިދެއްވުން އެދެމެވެ.

  1. ތަންތަނަށް ފަސޭހައިން ގެންދެވޭގޮތަށް ފުރޮޅުލީ ކްލީނިންގ ކާރޓް ޓްރޯލީ އަކަށްވުން
  2. ކްލީނިންގ ކާރޓް ޓްރޯލީގައި ޑަސްބިން ހުރުން
  3. ކްލީނިންގ ކާރޓް ޓްރޯލީގަ މޮޕުބާލިދީ، މޮޕު ނުވެއްޓި ބެހެއްޓޭ ގޮތަށް ހުރުން
  4. ސާފުކުރުމަށް ބޭނުންކުރާ އެކިއެކި ލިކުއިޑް  ފުޅިތަށް ނުވެއްޓި ބެހެއްޓޭގޮތަށް ހުރުން
  5. ކުނިކަހާ ސާފުކުރުމަށް ބޭނުންކުރާ ފިހިގަނޑު ބެހެއްޓޭގޮތަށް ހުރުން
  6. ޓޮއިލެޓް ޕޭޕަރ ޓިޝޫ ބެހެއްޓޭގޮތަށް ހުންނަ ބައެއް ކާރޓް ޓްރޯލީގައި ހުރުން
  7. ކާރޓްގެ ފުޅާމިން 2 ފޫޓަށްވުރެ ބޮޑު ނުވުން.

   ނޯޓް : ކްލީނިންގ ކާރޓް ޓްރޯލީ ގެ ސާމްޕަލް އެއް ނުވަތަ ކެޓަލޮގް މެނޫ އެއް މަސައްކަތް ހަވާލުވި ފަރާތުން ޕީ.އެސް.އެމް އަށް ހުށަހަޅާ އެޕްރޫވް ކުރުމަށްފަހު ތަކެތި ގެނައުން އަދި ގިނަދުވަހު ބޭނުން ކުރެވޭފެންވަރުގެ އެއްޗަކަށް ވާންޖެހޭނެއެވެ. އާންމުކޮށް މިފަދަ ޓްރޯލީ ހުންނަ ގޮތުގެ ސާމްޕަލް ފޯޓޯއެއް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

ކޯޓޭޝަން މެއިލް ކުރާނީ: [email protected]

15 ޖޫން 2025
ހޯދާ