ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ސީނިއަރ އޮފިސަރ |
ބޭނުންވާ ޢަދަދު |
1 |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު )ފުރަތަމަ 03 މަސް ޕްރޮބޭޝަން( |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ފިޝް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސް /ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް |
އަސާސީ މުސާރަ: |
5250.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް: 3150.00 ރުފިޔާ (ބޭސިކް މުސާރައިގެ %60) - މިނިމަމް ވޭޖް އެލަވަންސް: 2152.50 ރުފިޔާ ( ބޭސިކް މުސާރައިގެ %41) |
ޝަރުޠު: |
- ޖީ.ސި.އީ އޯލެވެލް ނުވަތަ ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން ފާސްވެފައިވުން. - މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމްގެ މަސްއޫލިއްޔަތުތައް |
- ޑިޕާރޓްމެންޓްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ނިންމާ ރިޕޯރޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯރޓް ކުރުމަށްފަހު އެލިޔެކިޔުންތައް ދުވަހުން ދުވަހަށް ފައިލް ކުރުން. (މީގެތެރޭގައި އިންޓާރނަލް ކޮމިއުނިކޭޝަންގައި ބޭނުންކުރެވޭ މެސެޖް/މެމޯ ފަދަ ލިޔެކިޔުންތައް ހިމެނޭނެއެވެ.) - ކޫއްޑޫއާއި ބޯޓުފަހަރުގައި ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސްތައް ސްޓޮކްރޫމް އިން ނެގުމަށް ހަދަންޖެހޭ ސްލިޕްތައް ސިސްޓަމް ސޮފްޓްވެއަރ ބޭނުންކޮށްގެން ހެދުން. (ބޯޓުފަހަރުގެ ސްލިޕްތައް ހަދާނީ ޑިޕާރޓްމެންޓް ހެޑް އެޕްރޫވް ކޮށްފައިވާ ޕީ.އާރު އެއް ގެނައުމުން އެ ޕީ.އާރު ގައިވާ މުދަލަކަށް އެކަންޏެވެ.) - ކޫއްޑޫއާއި ބޯޓުފަހަރުގައި ކުރެވޭ ޑިޕާރޓްމެންޓާއި ގުޅުންހުރި މަސައްކަތްތަކަށް ބޭނުންވާ މެޓީރިއަލްސްތަކުގެ ތެރެއިން ސްޓޮކްރޫމްގައި ނެތް މުދަލަށް ހަދަންޖެހޭ ޕީ.އާރު.ކިއު ރިކިއުޒިޝަން ފުރިހަމަކުރުމަށްފަހު ފޮނުވުން. އަދި މިހެދޭ ޕީ.އާރު.ކިއު ތަކުގެ ސްޓޭޓަސް އާއި ފޮލޯއަޕް ފަސޭހައިން ބެލޭނެފަދަ އިންތިޒާމެއްގެ ދަށުން ފައިލްކޮށް ލިޔެކިޔުންތައް ބެލެހެއްޓުން. - ޖެޓީއިން އެދުވަހެއްގައި ދޫކުރެވުނު ފެނަށް ހަދަންޖެހޭ ސްލިޕްތައް ހެދިފައިހުރިތޯ ޗެކްކޮށް މަދުވާނަމަ އެސްލިޕްތައް ޖެޓީ އޮފިސަރ މެދުވެރިވެގެން ހޯދާ ހަމަކޮށް ޑެއިލީ/ވީކްލީ/މަންތްލީ ރިޕޯރޓްތައް ހެދުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. - ކުރަމުން ގެންދާ މަސައްކަތުގެ ދާއިރާގައި ކޮންމެ ދުވަހެއްގައިވެސް ރޫޓިންކޮށް ހަދަމުންދާ ރިޕޯރޓްތަކުގެ އިތުރުން މެނޭޖްމެންޓުން ވަކި ޚާއްސަކަމަކާއި ގުޅިގެން ނުވަތަ ޚާއްސަ ބޭނުމެއްގައި ރިޕޯރޓެއް ހަދަން ޖެހިއްޖެނަމަ އެދިފައިވާ ހުރިހާ މައުލޫމާތުތައް ހިމެނެނޭ އެންމެ ފުރިހަމަ ރިޕޯރޓެއް މެނޭޖްމެންޓަށް ހުށަހެޅުން. - ސެކްޝަން/ޑިޕާރޓްމެންޓްގެ މުވައްޒަފަކަ ޗުއްޓީއަށް ދިޔުމަށްޓަކައި އެމުވައްޒަފު ކުރަމުން އަންނަ މަސައްކަތެއް ނުވަތަ ވަކިވަކި މަސައްކަތްތަކެއް ކުރުމަށް ޑިޕާރޓްމެންޓް ހެޑް ހަވާލުކޮށްފިނަމަ އެމަސައްކަތްތަކާއި ހަވާލުވެ ކުރުން. - މަސްގަނެ އެކްސްޕޯރޓް ކުރުމަކީ ކުންފުނީގެ އެންމެ މުހިއްމު މަސައްކަތަށް ވުމާއެކު، މުވައްޒަފަކު ހާޟިރުނުވެގެން މެނޭޖްމެންޓުން އެދިއްޖެނަމަ އަދާކުރާ ވަޒީފާއާއި ގުޅޭ ދާއިރާއިން ކޮންމެ ވަގުތެއްގައިވެސް ދެވެންއޮތް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނުން. - މީގެ އިތުރުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖްމެންޓުން ކޫއްޑޫގައި ރާވާ ހިންގާ ޕްރޮގްރާމްތަކުގައި އަމަލީގޮތުން ބައިވެރިވެ، އެޕްރޮގްރާމްތަކަށް ދެވެންއޮތް ފުރިހަމަ އެހީތެރިކަމަކާއި އެއްބާރުލުން ދިނުން. |
އިންޓަރވިއުކުރުން: |
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. - ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) - ޕޮލިސް ރިޕޯރޓް |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
- ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 18 ޖޫން 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. - މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
- ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.
15 ޖޫން 2025