ބ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބ. އަތޮޅު ހޮސްޕިޓަލަށް 3 ( ތިނެއް ) އެލްމެނިއަމް ދޮރާއި ، ދޮރުފަތް ޖަހާދޭނެ އަގު ( ކޯޓޭޝަން ) ހުށައެޅުމަށް ހުޅުވާލުން

ބ.އަތޮޅު ހޮސްޕިޓަލުންދޭ ކުރެހުމާއި އެއްގޮތަށް 03 ( ތިނެއް ) އެލްމެނިއަމް ދޮރާއި، ދޮރުފަތް އަމިއްލަ ތަކެތިގައި  ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމަށް އެދި ކޯޓޭޝަން ހުށައަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށައެޅޭނީ އެންމެ ކޯޓޭޝަނެކެވެ. ގަޑި ޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ ، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާތިލްވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަސައްކަތުގެ އަގު ހުށައަޅާއިރު މަސައްކަތުގެ މުއްދަތާއިއެކު ހުށައެޅުމަށްވެސްދެންނެވީމެވެ.

ވީމާ ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ ( ކޯޓޭޝަން ) ހުށައެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7914942 / 9559102 އަށް ގުޅުއްވުންއެދެމެވެ.

15 ޖޫން 2025
ހޯދާ