ދިވެހިރާއްޖެ
މި މިނިސްޓްރީއިން ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ޤާއިމް ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތަށް ގެނެސްފައިވާ މޫދު ކޮށިތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ނެރެގެން ކ. މަނިޔަފުއްޓަށް ގެންގޮސް ބަހައްޓާ ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.
| 
 
  | 
 ތާރީޚް އަދި ގަޑި  | 
 ތަން  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 10:00 ވަޑައިނުގެންނެވޭ ފަރާތްތަކަށް 3339239 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ  | 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 24 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 11:00 އަށް  | 
 މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)  | 
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322625 އަދި 3339239 ނަންބަރު ފޯނަށެވެ.
