ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ހދ. ކުޅުދުއްފުށީ ކެމްޕަހުގެ ނީލަމުގައި ބައިވެރިވުމުގެ ދައުވަތު

މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން  

13 ޖޫން 2025ވަނަ ދުވަހު މި އޮފީހުގައި ނީލަން ކިޔުނު ތަކެތީގެ ތެރެއިން ނުވިކި ހުރި މުދާތައް ނީލަން ލިޔުމަށް ބާއްވާ ދެވަނަ ބުރު، 20 ޖޫން 2025 ވާ ހުކުރު ދުވަހު މި ކެމްޕަހުގައި އޮންނާނެއެވެ.

މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 ޖޫން 20 ވާ ހުކުރު ދުވަހުގެ ހަވީރު 14:00 އިން 16:30 އަށް ކުޅުދުއްފުށީ ކެމްޕަސް އަށް ޙާޟިރުވުން އެދެމެވެ.

ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 ޖޫން 20 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް ކުޅުދުއްފުށީ ކެމްޕަހަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

ނީލަން ކާމިޔާބުކުރި ފަރާތްތަކުގެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ ނީލަން 16:30 އިން ފެށިގެން 17:30 އަށް ކެމްޕަހުގައި އޮފީހުގައިއެވެ. އަދި ނީލަން ކިޔުނު ތަކެތި 18:00ގެ ކުރިން ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ކެމްޕަހަށް ނެގޭނޭ ކަމުގައި ދަންނަވަމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛

ހދ. ކުޅުދުއްފުށީ ކެމްޕަސް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މާލިމީ ހިނގުން، ކުޅުދުއްފުށި ސިޓީ

ފޯން: 3345227

އީ-މެއިލް: [email protected]

15 ޖޫން 2025
ހޯދާ