ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް އެނުއަލް ފުޓްސަލް ފިޔެސްޓަރ 2025 (ފިރިހެން) ގައި ބައިވެރިވުމުގެ ފުރުޞަތު 12 ޖޫން 2025 އިން 03 ޖުލައި 2025 އަށް ވަނީ ހުޅުވާލެވިފައެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 19 ސެޕްޓެމްބަރ އިން 25 ސެޕްޓެމްބަރ 2025 އަށް މަޑަވެލި Q1 އެރީނާ ފުޓްސަލް ދަނޑުގައެވެ. މިމުބާރާތުގެ އެއްވަނަ ޓީމަށް -/25000ރ (ފަންސަވީސް ހާސް ރުފިޔާ) 2 ވަނަ ޓީމަށް -/15000ރ (ފަނަރަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ހަމައެކަނި މަޑަވެލިގެ ޓީމްތަކަށާއި، ކައުންސިލުން ދައުވަތުދޭ ކައިރި ރިސޯޓްތަކަށް އެކަނި ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ. ޓީމް ރަޖިސްޓްރީ ކުރުމަށް ތިރީގައިވާ ލިންކް ބޭނުންކުރެއްވުން އެދެމެވެ.
https://forms.gle/JkREo8pPsWFt1tJ58
ޓީމްލިސްޓް ހުށަހެޅުމުގެ ފަހު ތާރީޚަކީ 09 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ. އިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އަދި ޓީމްލިސްޓް ހުށަހަޅާ ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7332200 ނަމްބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.