ދިވެހިރާއްޖެ
FSM-ADV/2025/075
މުވައްޒަފުންބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: |
ކާޕެންޓަރ |
ޑިޕާޓްމަންޓް/ސެކްސަން: |
އިންޖިނިއަރިންގ |
ބޭނުންވާ ޢަދަދު: |
01 |
މަސައްކަތުގެ ބާވަތް: |
- ލަކުޑިން އަދި އެލްމެނިއަމްއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން. - އިމާރާތްތަކުގެ ސީލިންގ، މަތިވަޑާން، ޓިނު ޖެހުމުގެ މަސައްކަތް ކުރުން. - އުޅަނދުފަހަރުގައި ކުރަންޖެހޭ އެންމެހާ ކާޕެންޓްރީ މަސައްކަތް ކުރުން. |
ޝަރުތުތައް: |
- އެލްމިނިއަމް ނުވަތަ ލަކުޑި ވަޑާމުގެ މަސައްކަތް ކުރަން އެނގޭ މީހަކު ކަމުގައިވުން. - 1 އަހަރު ދުވަހުގެ ތަޖުރިބާ ހުރުން - މަސައްކަތުގައި ގިނަވަގުތު އުޅެވޭނެ ފަދަ ރަނގަޅު ސިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
މަހު މުސާރަ: |
12,000ރ އާއި 13,000ރ އާއި ދެމެދު |
ޑިޕާޓްމަންޓް: |
އިންޖިނިއަރިންގ ޑިޕާރޓްމަންޓް އެފް. އެސް. އެމް ބޯޓްޔާރޑް |
މަޤާމް: |
އޮފިސަރ، ޓްރެއިނިންގ އެންޑް ޑިވެލޮޕްމަންޓް |
ޑިޕާޓްމަންޓް/ސެކްސަން: |
ހިއުމަން ރިސޯސަސް |
ބޭނުންވާ ޢަދަދު: |
01 |
މަސްޢޫލިއްޔަތު: |
- ތަމްރީނު ޝެޝަންތަކަށް ތައްޔާރުވުމަށްޓަކައި ބޭނުންވާ ތަކެތި އާއި ތަމްރީނު ބަޖެޓް ތައްޔާރުމުގައި މުވާސަލާތު ކުރުމުގެ ހުނަރު ހުރުން - ތަމްރީނު ޝެޑިއުލްތައް ކޯޑިނޭޓްކުރުން - ތަމްރީނާއި ގުޅޭ ލިޔެކިޔުންތައް އިންތިޒާމުކޮށް ތައްޔާރުކުރުން - ތަމްރީނުތަކުގެ ރެކޯޑްތައް ބެލެހެއްޓުން - އިވެލުއޭޝަން ޓްރެއިނިންގ ޕްރޮގްރާމްތަކުގައި އެހީތެރިވުން |
ޝަރުތުތައް: |
- ޖީ.ސީ.އީ އޯލެވެލް މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން. - މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެވެ. - މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން. - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން. |
މުސާރަ: |
11,000ރ އާއި 12,000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ހެޑް އޮފީސް |
މަޤާމް: |
އެސިސްޓަންޓް މެރިން ކުކް |
ބޭނުންވާ ޢަދަދު: |
01 |
ޝަރުތުތައް: |
- ސީމަން މެޑިކަލް ސެޓްފިކެޓް ހާސިލްކޮށްފައިވުން (2 އަހަރު ދުވަހުގެ މުއްދަތު ހުރުން) - ތިރީގައިމިވާ ސޭފްޓީ ޓްރެއިނިނިންގް ތައް ފުރިހަމަކޮށްފައިވުން
- 02 އަހަރުގެ ތަޖުރިބާ ލިބިފައިވުން - ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން |
މަސްޢޫލިއްޔަތު: |
- ފަޅުވެރިންގެ ސިއްޚަތާއި ޚިދުމަތުގެ ފެންވަރަށް ސަމާލުވުމާއިއެކު ފަޅުވެރިންގެ ކާބޯ ތަކެތި ތައްޔާރުކުރުން. - ކާބޯތަކެތި ރައްކާތެރިކަމާއިއެކު ސްޓޯކޮށް ބެލެހެއްޓުން - ފަޅުވެރިންނަށް ކެއުން ކައްކާ ތައްޔާރުކުރުން - ބަދިގެ ސާފުތާހިރުކަން ބެލެހެއްޓުން - ކާބޯތަކެތީގެ ރައްކާތެރިކަމުގެ އެންމެހާ މިންގަނޑުތަކަށް ތަބާވުން - މިނިވަންކަމާއެކު އަދި އުޅަނދުފަހަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތިން ވާޖިބުތައް އަދާކުރުން |
މުސާރަ: |
11,000ރ އާއި 12,000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ލޮޖިސްޓިކްސް ޑިޕާޓްމަންޓް |
މަޤާމް: |
އޮއިލަރ |
ޑިޕާޓްމަންޓް/ސެކްސަން: |
ލޮޖިސްޓިކްސް |
ބޭނުންވާ އަދަދު: |
01 |
ޝަރުތުތައް: |
- ސައްހަ ސީޑީސީ ހާސިލްކޮށްފައިވުން - އިންޖިނިއަރ ރޭޓިންގ ސެޓްފިކެޓް ހާސިލްކޮށްފައިވުން - ސީމަން މެޑިކަލް ސެޓްފިކެޓް ހާސިލްކޮށްފައިވުން (2 އަހަރު ދުވަހުގެ މުއްދަތު ހުރުން) - ބޭރުގެ ވިޔަފާރި އުޅަނދެއްގައި އޮއިލަރެއްގެ ގޮތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން - ތިރީގައިމިވާ ސޭފްޓީ ޓްރެއިނިނިންގ ތައް ފުރިހަމަކޮށްފައިވުން
|
މަސްޢޫލިއްޔަތު: |
- އުޅަނދުފަހަރުގެ މެޝިނަރީތައް އޮޕަރޭޓްކޮށް ބެލެހެއްޓުން - ގަވާއިދުން މެޝިނަރީތައް ޗެކްކޮށް ރަނގަޅަށް މަސައްކަތްކުރާ ހާލަތުގައި ހުރިތޯ ބެލުން - ފިއުލް ލެވެލް، ކޮންސިއުމަންޓް ރޭޓް، އަދި ފިއުލް ކޮލިޓީ މޮނިޓަރ ކުރުން - އިންޖީނު ޑިޕާޓްމަންޓުގެ ލިޔެކިޔުންތައް ބެލެހެއްޓުން - ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކޮށް، ނުރައްކާތެރިކަން ރިޕޯޓްކުރުން |
މަހު މުސާރަ: |
15,000ރ އާއި 16,000ރ އާއި ދެމެދު |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
ލޮޖިސްޓިކްސް ޑިޕާޓްމަންޓް/ ވެސެލްސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ.
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421/3032536 ނަންބަރަށް ގުޅުއްވުން އެދެމެވެ.
15 ޖޫން 2025