ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ކުއާންޓަމް ލައިޓް: ވިޝުއަލް އޮޑިސީ - ވިޝުއަލް ވޯކްސް ކޮންޓެސްޓް އެންޑް އެގްޒިބިޝަން" މުބާރާތަކާއި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު

މޯލްޑިވްސް ނޭޝަނަލް ކޮމިޝަން ފޯ ޔުނެސްކޯ އިން މި އަހަރުގެ 16 މޭ 2025 އިން 16 ޖުލައި 2025 އާއި ދެމެދު މި ޖަމިއްޔާއިން "ކުއާންޓަމް ލައިޓް: ވިޝުއަލް އޮޑިސީ - ވިޝުއަލް ވޯކްސް ކޮންޓެސްޓް އެންޑް އެގްޒިބިޝަން" ގެ ނަމުގައި މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ބައިނަލްއަޤްވާމީ މުބާރާތުގައި ދިވެހިރާއްޖޭގެ ފަންނާނުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 

ޝައުގުވެރިވާ ފަންނާނުން މި މުބާރާތުގައި ފޮޓޯ، އިލަސްޓްރޭޝަން، ކޮމިކް، ކޮލާޖް ނުވަތަ އަތުން ތައްޔާރުކޮށްފައިވާ ކުރެހުންވެސް ހުށައެޅޭނެ ވާހަކަ ދަންނަވަމެވެ. މީގެ އިތުރުން މި މުބާރާތުގައި ހޮވޭ ކުރެހުންތަށް ވާޗުއަލް މައުރަޒެއްގައި ދައްކާލަން ފުރުޞަތު ލިބިގެންދާނެއެވެ.


މި މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު އަދި ބައިވެރިވެރިވުމަށް އެދި ހުށަހަޅާ ސަބްމިޝަން ފޯމު ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ. އަދި ދަންނަވަމެވެ. މި މުބާރާތުގައި ބައިވެރިވެލައްވާ ފަރާތްތަކުން މި ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.

 

މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313456 އަށް ގުޅުއްވުން އެދެމެވެ.

15 ޖޫން 2025
ހޯދާ