ދިވެހިރާއްޖެ
އއ.މަތިވެރި ބިނާވެށި ޕްލޭން ޢާންމު ކުރުމާއި ގުޅޭ.
"ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ބެލުމަށްފަހު އަދި ޤާނޫނު ނަމްބަރ 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 9 ވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ބައިތައް ހިމެނޭ ގޮތަށް، އއ.މަތިވެރި ބިން ބޭނުންކުރާނެގޮތުގެ ޕްލޭން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން 2025 މޭ 27 ވަނަ ދުވަހު ވަނީ ފާސްކޮށްދެއްވާފައެވެ.
ވީމާ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ފާސްކޮށްދެއްވާފައިވާ ލޭންޑް ޔޫސް ޕްލޭންގެ ކުރެހުން މި އިޢުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ އެންމެހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިއަދުން ފެށިގެން މިކައުންސިލުން ބިންތައް ދިނުމުގައި އަމަލުކުރުމުން ގެންދާނީ މި އިޢުލާނާއެކު އާންމުކޮށްފައިވާ ބިނާވެށި ޕްލޭނާ އެއްގޮތަށް ކަމުގައިވެސް އެންމެހާ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
16 ޛުލްޙިއްޖާ 1446
12 ޖޫން 2025