ދިވެހިރާއްޖެ
އިޢުލާން ނަންބަރު: ASND-HCM-IUL-2025-20
މަޤާމް: އެސިސްޓެންޓް ޖެނެރަލް މެނޭޖަރ / ޖެނެރަލް މެނޭޖަރ
ވަޒީފާގެ ބާވަތް: ދާއިމީ
ޑިޕާޓްމަންޓް: ކޯޕަރޭޓް އެފެއަޒް
ވަޒީފާ އަދާކުރަންޖެހޭ ތަން: އާސަންދަ ކޮމްޕެނީ ލިމިޓެޑް، މާލެ
މަސައްކަތުގެ ގަޑި: 8:00 އިން 16:00
މަޤާމުގެ ޝަރުތު:
- ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ކުންފުނީގެ ކޯޕަރޭޓް އެފައަރސް ޑިޕާޓްމަންޓްގެ ދަށުގައިވާ ސެކްޝަންތަކުގެ (ހިއުމަން ކެޕިޓަލްމެނޭޖްމަންޓް، ޖެނެރަލް އެޑްމިނިސްޓްރޭޝަން، ލީގަލް އަދި ބިޒްނަސް ޑިވަލޮޕްމަންޓް ސެކްޝަން) އެގްޒެކެޓިވްއެއްގެ ހައިސިއްޔަތުން، ސެކްޝަންތަކުގެ މަސައްކަތްތައް ބެލެހެއްޓުމާއި ކުންފުނީގެ ބޯޑަށް ޖަވާބުދާރީވުން.
- ސެކްޝަންތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، ނިންމަންޖެހޭ ކަންތައްތައް ހަލުވިކަމާއެކު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި އެކަންކަން ކުރުވުން.
- ޕްރޮކިއުމަންޓް ޕޮލިސީއަށް ފުރިހަމައަށް ޢަމަލުކުރެވޭކަން ޔަގީންކޮށް، ޕްރޮކިއުމަންޓާ ގުޅޭ ޤާނޫނުތަކާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި، ކުންފުނީގެ އުސޫލުތައް ކަނޑައެޅިފައިވަނީ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތަށްކަން ޔަގީންކޮށް، މުރާޖަޢާކުރަންޖެހޭ ކަންތައްތައް މުރާޖަޢާކުރުން.
- މުވައްޒަފުންނާއި ގުޅުންހުރި އެކި ކަންތައްތައް ހަރުދަނާކުރުމައްޓަކައި ހެދިފައިވާ ޕޮލިސީތައް ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ބަލައި އެކަށޭނަ ފިޔަވަޅު އެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ދިމާވާ މައްސަލަތަކަށް ޙައްލު ހޯދައިދިނުން.
- މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމާއި، މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ތަރައްޤީކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ކުންފުނީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން، ސެކްޝަން ތަކުގެ ކޭޕީއައި އަދި ކުންފުނީގެ ޕޮލިސީތަށް ހެދުމަށް ފަންނީގޮތުން ލަފާދީ، މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ކުންފުނި ހިންގުމުގައި މެނޭޖިންގ ޑައިރެކްޓަރ އަދި އެގްޒެކެޓިވް މެންބަރުންނާއި ބައިވެރިވެ އެއްބާރުލުންދީ ކުންފުނީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހިންގުމުގެ ހުނަރާ ޤާބިލުކަން ލިބިފައިވުމާއެކު، މަސައްކަތްތައް ރާވައި ހިންގުމުގައި އިސްކޮށް ޙަރަކާތްތެރިވެ އުޅުމާއެކު މުވައްޒަފުން ލީޑްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ހިއުމަން ރިސޯސަސް އަދި އެޑްމިނިސްޓްރޭޝަން މަސައްކަތްތަކުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
- ހިންގުމުގެ ދާއިރާގައި ތަޖުރިބާލިބިފައިވާ ފަރާތެއް އަދި ހަރުދަނާ ލީޑަރޝިޕް ހުނަރުހުރި ފަރާތެއް ކަމުގައިވުން.
މުސާރައާއި އިނާޔަތް:
- 35،300.00 - 38،300.00 ރުފިޔާ
- ޚާޒިރީ އެލަވަންސް: މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/150 ރުފިޔާ
- ހަމަޖެހިފައިވާ އުސޫލުން ހެލްތް އިންޝުއަރެންސް.
ކުރިމަތިލުމުގެ ސުންގަޑި: 22 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން
މިމަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އާސަންދަ ކުންފުނީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
- ޖޮބް އެޕްލިކޭޝަން ޕޯޓަލް ލިންކް: https://my.aasandha.mv/jobs/apply
ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ތަޢުލީމީ ސެޓްފިކްޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީއެކެވެ.)
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)
ޚާއްޞަ ސަމާލުކަމަށް:
- ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު އާސަންދަ އޮފީހަށް ލިބިގެންވެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.