ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)248-ESMSMS/248/2025/44 (10 ޖޫން 2025) ގެ އިޢުލާނާއެކު އާންމުކޮށްފައިވާ ހއ.އިހަވަންދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލަށް އަންނަނިވި އިޞްލާހުތައް ގެނައުމަށްފަހު އިޞްލާހުކުރެވިފައިވާ އުސޫލު އަދި ބަންޑާރަ ގޯއްޗަށް އެދޭ ފޯމު މިއިޢުލާނާއެކު އާންމުކުރީމެވެ.
ބުނެވި ދިޔަ އުސޫލުގެ 2 ވަނަ މާއްދާ (ފޯމު ހުށަހެޅުމާއި ބަލައިގަތުން) ގެ (2.4) އިޞްލާޙުކުރުން.
2. ފޯމު ހުށަހެޅުމާއި ބަލައިގަތުން: (2.4) ފޯމު ހުށަހެޅުމަށް ހާޟިރުވާނީ ގޯއްޗަށް އެދޭ މީހާ ނުވަތަ އޭނާގެ ފޯމް ހުށަހެޅުމަށް އެފަރާތަށް ލިޔުމުން ބާރުދީފައިވާ ފަރާތެކެވެ. މިލިޔުމަކީ ގޯއްޗަށް އެދޭ ފަރާތުގެ ސޮއި އަދި ފިންގަރ ޕްރިންޓު ހިމެނޭ ލިޔުމަކަށް ވާންޖެހޭނެއެވެ.
ބުނެވި ދިޔަ އުސޫލުގެ 2 ވަނަ މާއްދާ (ފޯމު ހުށަހެޅުމާއި ބަލައިގަތުން) ގެ (2.5) (ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި) ގެ (2.5.3) އިޞްލާޙުކުރުން.
2.5. ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި : (2.5.3) ފޯމު ހުށަހެޅުމަށް އަންނަނީ ގޯއްޗަށް އެދޭމީހާ ނޫންކަމުގައިވާނަމަ، ފޯމު ހުށަހެޅުމަށް އެފަރާތަށް އެބާރުދީ ގޯއްޗަށް އެދޭ ފަރާތުން ސޮއިކޮށް، ފިންގަރޕްރިންޓު ޖަހާފައިވާ ލިޔުމުގެ އަސްލު
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ 12 ޖޫން 2025 އިން ފެށިގެންނެވެ.
ނޯޓު: ގޯއްޗަށް އެދޭ ފަރާތުގެ ބަދަލުގައި ފޯމު ހުށަހެޅުމަށް އެހެން ފަރާތަކުން ހާޟިރުވާނަމަ ހުށަހަޅަން ޖެހޭ ލިޔުމުގެ ޓެމްޕްލޭޓް މިއިޢުލާނާއި އެކު އެޓޭޗްކުރެވިފައިވާނެއެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.