ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ ޕިކްނިކް ސަރަޙައްދު ތަރައްޤީކުރުން

މި އިދާރާއިން (19 މެއި 2025) ގައި ކުރެވުނު އިޢުލާން ނަންބަރު ((IUL)420-PM/420/2025/27 އާ ގުޅިގެން، ރަތަފަންދޫ ޕިކްނިކް ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ކައުންސިލުންދޭ ކޮންސެޕްޓް ޑިޒައިނާ އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލެވުނު ބީލަމަށް އެއްވެސް ފާރާތަކުން ކުރިމަތިލާފައިނުވާތީ، އަލުން މި ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަވާ ގޮތުގެ މަތިން، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމުގައި ރަޖިސްޓްރީވުން

  • މި މަސައްކަތަށް ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިކައުންސިލުގައި ރަޖިސްޓްރީވެ  ބިޑް ޑޮކިއުމެންޓް ގަތުމަށް ފައިސާ ދައްކާ ފަރާތްތަކަށެވެ. ފައިސާގެ ޢަދަދަކީ250(ދުއިސައްތަ ފަންސާސް ރުފިޔާ)އެވެ.
  • މަޢުލޫމާތު ޝީޓް އީމެއިލް މެދުވަރިކޮށް ނުވަތަ މި އިދާރާއަށް ވަޑައިގެން އެދިލެއްވުމުން ލިބިވަޑައިގަންނަވާނެ.
  • ރަޖިސްޓްރީ ވުމަށްޓަކައި 18 ޖޫން 2025 (ބުދަ) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ދޫކުރެވޭނެއެވެ.
  • ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް: https://forms.office.com/r/4bvTKi8kPK

ފައިސާ ދެއްކުން

  • ރެޖިސްޓްރޭޝަން ފީ ޖަމާކުރަންވާނީ މި އިދާރާގެ އަންނަނިވި އެކައުންޓަށެވެ. ފީޖަމާކުރުމަށްފަހު  ޓްރާންސްފަރ ރިސިޕްޓް ފޮނުވާ ފަރާތްތަކަށް ބީލަންފޮތް ފޯރުކޮށްދެވޭނެއެވެ.
  • ނޯޓް: ރެޖިސްޓަރީކުރުމަށް ދެއްކި ފީ އަނބުރާ ރިފަންޑު ނުކުރެވޭނެ.  
  • ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް

      ބޭންކް:  ބޭންކް އޮފް މޯލްޑިވްސް

      ބޭންކް އެކައުންޓްގެ ނަން: 1471 ރެވެނިއު 1

      އެކައުންޓް ނަންބަރ: 001 700301 7710

     ސްލިޕް ވައިބަރ ކުރަންވީ ނަންބަރު: 7633734

  މަޢުލޫމާތު   ސާފުކުރުން /       މަޢުލޫމާތު ދިނުން

  • މަޢުލޫމާތު ސާފުކުރުމަށް ފިރީބިޑް މީޓިން އޮންނާނީ   19 ޖޫން 2025ވާ (ބުރާސްފަތި) ދުވަހުގެ (ހެނދުނު) 10:00 ގައި  ކައުންސިލް އިދާރާގައެވެ. މީގެ އިތުރުން، މި ބައްދަލުވުމަށް އޮންލައިންކޮށް ބައިވެރިވުމުގެ ފުރުޞަތު ލިބިވަޑައިގެންނަވާނެއެވެ.   
  • އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން[email protected]  އަށް މެއިލް ކުރުމުން އަދި ރަސްމީގަޑީގައި މި އިދާރާގެ ފޯންނަންބަރު 6840016 ގޫޅާލެއްވުމުން ފޯރުކޮށްދެވޭނެއެވެ.

 ބީލަން ހުށަހެޅުން /   ބީލަން ހުޅުވުން

  • ބީލަން / އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑިއަކީ 29 ޖޫން 2025 (އާދީއްތަ) ދުވަހުގެ 10:00 އެވެ. ސުންގަޑި ހަމަވުމަށްފަހު ލިބޭ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 29 ޖޫން 2025 (އާދިއްތަ) ދުވަހުގެ 10:05ގައި ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވުމުން ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ޙާޞިރުވާ ފަރާތްތަކުގެ ކުރީމަތީގައެވެ.
  • ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނަނީ ގދ. ރަތަފަންދޫ ކައުންސިލް އިދާރާގައެވެ.
12 ޖޫން 2025
ހޯދާ