އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
މާލެއިން 19 ކޮޓަރި ކުއްޔަށް ހިފުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

1. މި މަދަރުސާގެ އަޒްހަރު މުދައްރިސުންނަށް މާލެއިން 19 ކޮޓަރި، އެގްރިމަންޓް ކުރާ ތާރީޚުން ފެށިގެން 2025 ޑިސެންބަރު 31 ގެ ނިޔަލަށް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. ބީލަންފޮތް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 12 ޖޫން 2025 އިން 18 ޖޫން 2025 އަށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 16:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. 

3. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 18 ޖޫން 2025 ވަނަ ދުވަހުގެ 18:00 ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4. ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 08:30 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ މީޓިންގ ރޫމްގައެވެ.

5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

[email protected]

މެދުޒިޔާރަތްމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3016650

16 ޛުލްޙިއްޖާ 1446

12 ޖޫން 2025
ހޯދާ