މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025ގެ ސްޕޮންސަރ ބޯޑު ވިއްކުމާގުޅޭ
ކޮންމެ އަހަރަކުވެސް މި ކައުންސިލުން ކުރިޔަށް ގެންދާ ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 މި އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަހު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކައުންސިލުން މިދަނީ ވަމުންނެވެ. އެގޮތުން މުބާރާތުގައި ބޭނުންކުރާ ސްޕޮންސަރ ބޯޑުތައް ގަތުމުގެ ފުރުޞަތު ޢާންމުކޮށް ހުރިހާ ފަރާތްތަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. ސްޕޮންސަރ ބޯޑެއް ވިއްކުމަށް ހަމަޖެހިފައިވަނީ -/2000 (ދެހާސް) ރުފިޔާ އަށެވެ. އެހެންކަމުން ސްޕޮންސަރ ބޯޑު ގަތުމަށް އެދޭ ފަރާތްތަކުން 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 އެކަން މިކައުންސިލްގެ ހޮޓްލައިން 9410016 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮން އަންގާ އިޢުލާން ކުރީމެވެ.
12 ޖޫން 2025
ހޯދާ