މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދުން

ޢިއުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ ވެބްސައިޓް ޑިޒައިންކޮށް ޑިވެލޮޕްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މި މަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކުރެވިފައި ވާނެއެވެ.

މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ރަޖިސްޓަރ ކުރެއްވުމަށް، ބީލަމަށް ކުރިމަތިލާ ފަރާތުގެ ނަމާއި، ފޯނު ނަމްބަރ އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށައެޅުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑި އަށް ރަޖިސްޓަރ ކޮށްފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                                                                                                                                

12 ޖޫން 2025
ހޯދާ