އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
- އެސިސްޓެންޓް ފީލްޑް އޮފިސަރ (ބޭނުންވާ އަދަދު 2) - ޕްރޮޖެކްޓް އެސިސްޓެންޓް (ބޭނުންވާ އަދަދު 1)

"ރަސްފަރީ ރިސްޓޮރޭޝަން" ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށް ތިރީގައިވާ މަޤާމުތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

-          އެސިސްޓެންޓް ފީލްޑް އޮފިސަރ (ބޭނުންވާ އަދަދު 2)

-          ޕްރޮޖެކްޓް އެސިސްޓެންޓް (ބޭނުންވާ އަދަދު 1)

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން 2025 ޖޫން 23 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން: މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރެވިފައިވާ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ތަޢުލީމީ ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްތައް އެޓެސްޓް ކުރެވިފައި ހުންނަންވާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ނަންބަރު  2019/R-1067 ޤަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާ އެއްގޮތަށެވެ.) ، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައި.ޑީ ކާޑުގެ ކޮޕީ، އަދި ސިވިލް ސަރިވސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީ، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަ ކޮށްފައިވާނެއެވެ. އަދި މި އެޖެންސީގެ ވެބްސައިޓް http://www.epa.gov.mv/ އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. އެޕްލިކޭޝަން އީ.މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނީ [email protected] އީ.މެއިލް އެޑްރެހަށެވެ. އަދި އެޕްލިކޭޝަންގެ ހާޑް ކޮޕީ ހުށަހަޅުއްވާނަމަ ތިރީގައިވާ ގޮތަށް އެޑްރެސް ކޮށްފައި ހުށަހެޅުއްވުން އެދެމެވެ.

"ރަސްފަރީ ރެސްޓޮރޭޝަން" ޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމަށް އެސިސްޓެންޓް ފީލްޑް އޮފިސަރ (2) އަދި ޕްރޮޖެކްޓް އެސިސްޓެންޓް (1) ހޯދުމާއި ގުޅޭ.

ހިއުމަން ރިސޯސް ޔުނިޓު

އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ

ދަރުބާރުގެ، ފާށަނާ މާލަން، މާލެ، 20344، ދިވެހިރާއްޖެ.

ފޯން: 3335949، 3038800

ވެބްސައިޓް:http://www.epa.gov.mv/) )  www.epa.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ. އަދި މި އިޢުލާނު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިގެންވެއެވެ.   

12 ޖޫން 2025
ހޯދާ