ދިވެހިރާއްޖެ
އިޢުލާން
މިކޯޓްގެ ދިދަ ޕޯސްޓް ހެދުން:
މިކޯޓުން ދޭ މަޢުލޫމާތު އެއްގޮތަށް ދިދަ ޕޯސްޓް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް 12 މޭ 2025 ވަނަ ދުވަހު ކުރި މިކޯޓްގެ ނަންބަރު: N10C-A/IU/2025/06 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ތ. ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް |
ބުދަ |
18 ޖޫން 2025 |
13:00 |
މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް، 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކޯޓްގައި އޮންނާނެއެވެ.
ވީމާ، މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު:2014/18( ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (ޤާނޫނު ނަންބަރު:2014/19( ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާއެކު އައިޑީކާޑު ގެންގެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންގެވުން އެދެމެވެ.
އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައެވެ. މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިކޯޓްގެ 6780660 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޛުލްޙިއްޖާ 1446
12 ޖޫން 2025