މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ބޮލިގެތައްހުރި ސަރަޙައްދުން ވިޔަފާރިކުރުމަށް ބިން ދޫކުރުމާއި ގުޅޭ

އިޢުލާން

ކުރީގެ ބޮލިގެތައްހުރި ސަރަޙައްދުން ވިޔަފާރިކުރުމަށް ބިން ދޫކުރުމާއި ގުޅޭ

ކައުންސިލުން ދޭ ޑިޒައިނަކާއި އެއްގޮތަށް އިމާރާތް ކުރުމަށް ކުރީގެ ބޮލިގެތައް ހުރި ސަރަޙައްދުން ވިޔަފާރި އުޞޫލުން ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް ބައްދަލުވުން 12 ޖޫން 2025 ވާ ބުރާސްފަތި ދުވަހު 12:15 ގައި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 12.30  އަށް މިކައުންސިލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަންދާސީ ހިސާބު ހުށަހަޅަންވާނީ މި އިޢުލާނާއިއެކު ހީރަސް ކުރެވިފައިވާ މަޢުލޫމާތު ޝީޓާއި އެއްގޮތަށް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

03 ޖޫން 2025
ހޯދާ