1. މީޓިންގ އެންޑް ކޯޑިނޭޝަން ސަޕޯޓް
- އެކިއެކި ޓީމުތަކާއި ބޭރުގެ ސްޓޭކްހޯލްޑަރުންނާއެކު ބާއްވާ ބައްދަލުވުންތައް ޝެޑިއުލްކުރުމުގައި އެހީތެރިވުން.
- އެކިއެކި ބައްދަލުވުންތަކުގެ ކަންކަން އިންތިޒާމްކޮށް، ފޮލޯއަޕް ހެދުމާއި، ގުޅުންހުރި މަސައްކަތްކުރުމާއި، އެޕޮއިންޓްމަންޓް ހެދުމާއި، ސުންގަޑިތައް ގެއްލިގެން ނުދާނެކަން ޔަގީންކޮށް މަސައްކަތްތައް ރާވާލުން.
- ބައްދަލުވުންތަކަށް އަދި އިވެންޓްތަކަށް އެޖެންޑާ ތައްޔާރުކުރުމާއި ނޯޓް ހެދުމުގައި އެހީތެރިވުން.
- ޑިޕާޓްމަންޓްގެ ހަރަކާތްތަކުގެ ޝެއަރޑް ކެލެންޑަރެއް އިންތިޒާމުކޮށް ބެލެހެއްޓުން.
- އިވެންޓްތައް އަދި ބިޒްނަސް ޑިވެލޮޕްމަންޓްގެ މަސައްކަތްތައް އިންތިޒާމުކުރުމުގައި އެހީތެރިވުމާއި، މަސައްކަތު ޝެޑިއުލްތައް ބެލެހެއްޓުމާއި، އިވެންޓްތަކުގެ ހާޒިރީ ޓްރެކްކުރުމާއި، އިދާރީ މުހިންމު އެހެން މަސައްކަތްތަކުގައި އެހީތެރިވުން.
2. ސްޓްރެޓެޖިކް ޕްލޭނިންގ އެސިސްޓެންސް
- ސްޓްރެޓެޖިކް އަދި އޮޕަރޭޝަނަލް ޕްލޭނިންގ ސެޝަން/ވޯކްޝޮޕްތަކުގައި އެހީތެރިވެދިނުން.
- ސްޓްރެޓެޖިކް ޕްލޭނިންގ ސެޝަންތަކާއި/ވޯކްޝޮޕްތަކާއި، އަހަރީ އޮޕަރޭޝަނަލް ޕްލޭން (އޭޕީ-އޯޕީ) ޕްރޮސެސްތަކުގެ ޕްލޭނިންގައި އެހީތެރިވެދީ، ޑޮކިއުމަންޓޭޝަން، އަދި ފޮލޯއަޕް ކުރުމަށް އެހީތެރިވުން.
- އެކި ސްޓޭކްހޯލްޑަރުންގެ އަޕްޑޭޓްތައް އެކުލަވާލުމާއި ޑޭޓާ އެއްކުރުމުގައި އެހީތެރިވުން.
- ރިވިއުއަށް ބޭނުންވާ ޚުލާސާ ރިޕޯޓްތަކާއި ސްލައިޑްތައް ތައްޔާރުކުރުމުގައި އެހީތެރިވުން.
3. އެމް.އެން.ޔޫ އިނޮވޭޓްހަބް ސަޕޯޓް ޓާސްކްސް
- ސްޓާޓްއަޕްތަކާއި، ޕާޓްނަރުންނާއި، މެންޓަރުންނާއެކު ބާއްވާ ބައްދަލުވުންތައް ކޯޑިނޭޓްކުރުމުގައި އެހީތެރިވުން.
- އައުޓްރީޗް ކުރުމުގައި އެހީތެރިވުން: ފޯނުކޯލް ކުރުމާއި، އީމެއިލް ފޮނުވުމާއި، ފޮލޯއަޕް ކުރުން.
- ގުޅުންހުރި މަސައްކަތްތަކުގެ ލޮޖިސްޓިކްސް އަދި މުޢާމަލާތުކުރުން ހިމެނޭ ގޮތަށް އިވެންޓްތަކާއި ވޯކްޝޮޕްތަކާއި ސެޝަންތައް ތައްޔާރުކުރުމާއި ކޯޑިނޭޓްކުރުމުގައި އެހީތެރިވުން. (ޕްރިންޓްކުރުން، ސެޓްއަޕްކުރުން، ސައިނޭޖް ބެހެއްޓުން، ރަޖިސްޓްރީކުރުންފަދަ ކަންކަން).
- އެމް.އެން.ޔޫ އިނޮވޭޓްހަބްގެ ކޮންޓެކްޓް އަދި ބައިވެރިންގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- އަސާސީ އިވެންޓް ރިޕޯޓްތައް ތައްޔާރުކުރުމާއި، ފޮޓޯތައް ހޯދުމާއި، ހާޒިރީ ތައްޔާރުކުރުމާއި، އިވެންޓް އޮޕަރޭޝަންގެ މަސައްކަތްކުރުމާއި، ލިޔެކިޔުންތައް ތައްޔާރުކޮށް، ޑޮކިއުމަންޓްކުރުމުގައި އެހީތެރިވުން.
- ކޭސް ސްޓަޑީސް އަދި އިމްޕެކްޓް ސްޓޯރީތައް ލިޔެކިޔުމުގައި އެހީތެރިވުން.
4. އިދާރީ އަދި މުވާސަލާތީ މަސައްކަތްތައް
- މެމޯތަކާއި އީމެއިލްތަކާއި ޓެމްޕްލޭޓްތައް ޑްރާފްޓްކުރުން.
- ޑިޖިޓަލް ފައިލްތަކާއި، ރެކޯޑްތަކާއި، ޝެއަރޑް ފޯލްޑަރުތައް އިންތިޒާމުކުރުމުގައި އެހީތެރިވުން.
- ލިޔެކިޔުންތައް އުފެއްދުމާއި ފޯމެޓްކުރުމުގައި އެހީތެރިވުން.
5. ބިޒްނަސް އިނީޝިއޭޓިވް ސަޕޯޓް
- ހިނގަމުންދާ ކަންކަމުގެ ޕްރޮގްރެސް އަޕްޑޭޓްތައް އެއްކޮށް އިންތިޒާމުކުރުމުގައި އެހީތެރިވުން.
- ޑެސްކްޓޮޕް ރިސާޗަށް ސަޕޯޓް ދިނުން (އެހެން ޔުނިވަރސިޓީތަކުން މިސާލުތައް ހޯދުން، އަސާސީ ތަފާސްހިސާބުތައް އެއްކުރުން).
- ޗެކްލިސްޓް، ޓްރެކަރ، ނުވަތަ އެނޫންވެސް މަސައްކަތާއި ގުޅުންހުރި މޮނިޓަރިންގ ޓޫލްސް ތައްޔާރުކުރުމުގައި އެހީތެރިވުން.
- ވިޔަފާރި ތަރައްޤީ ކުރުމުގެ އެކިއެކި މަސައްކަތްތަކުގެ ކުރިއެރުން ޓްރެކްކުރުން.
- ޕާޓްނަރޝިޕްތަކާއި ކޯލަބަރޭޝަންތަކުގެ ފުރުސަތުތައް ދެނެގަނެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވުން.
- ޑޭޓާ އެއްކުރުމާއި ގުޅުންހުރި މަސައްކަތްތަކަށް އެހީތެރިވުން.
- އިވެންޓަށްފަހު ފީޑްބެކް އެއްކުރުމާއި ރިޕޯޓްތައް އެކުލަވާލުމުގައި އެހީތެރިވުން.
6. އިންސްޓިޓިއުޝަނަލް ސަސްޓެއިނަބިލިޓީ އިނިޝިއޭޓިވް އަށް ސަޕޯޓް ދިނުން
- ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ކަންކަމުގެ މަޢުލޫމާތު އެއްކޮށް އަޕްޑޭޓްކުރުމުގައި ބީ.ޑީ އާއި ގުޅުންހިރި މިންވަރަކުން ކޮލިޓީ އެޝުއަރެންސް ކޮންޓްރޯލަރ އާއި ގުޅިގެން އެހީތެރިވުން.
7. ހަވާލުކުރެވޭ އެހެނިހެން ސަޕޯޓް ޑިއުޓީތައް
- ޓީމް ބައްދަލުވުންތަކާއި ބްރެއިންސްޓޯމިންގ ސެޝަންތަކުގައި ބައިވެރިވުން.
- ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކުގައި ޑެޕިއުޓީ ޑިރެކްޓަރ ނުވަތަ ޑިރެކްޓަރަށް އެހީތެރިވުން އަދި ޖަވާބުދާރީވުން.
- މީގައި ބަޔާންކުރެވިފައި ނެތްނަމަވެސް ބީ.ޑީ ގެ ހުރިހާ މަސައްކަތްތަކެއްގައި ޝާމިލްވެގެންއުޅުން އަދި މަސައްކަތްތަކުގައި އެހީތެރިކަންފޯރުކޮށްދިނުން (އޭގެތެރޭގައި ބީ.ޑީ ގެ އެޑްހޮކް މަސައްކަތްތައް އަދި އެއިން އުފެދޭ އައު މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން.)
|