ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ފިނޭ ދިމާމަގު އަދި ބަނދަރު ސަރަހައްދުގައިވާ ރުއްގަނޑު ވަރުވާއަށް ދޫކުރުމާ ގުޅޭ

ިރަށު ދިމާމަގާއި، ބަނދަރު މަތީގައި ހުރި ރުއްގަނޑު 2 (ދޭއް) އަހަރު ދުވަހުގެ މުއްދަތައް ވަރުވާއަށް ދޫކުރުމަށް ބޭނުންވެއެވެ. ރުއްގަނޑު ވަރުވާއަށް ހުޅުވާލެވިފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށެވެ.

މި އިއުލާނާ ގުޅިގެން މި ކައުންސިލްގެ އިދާރާއިން ތައްޔާރުކޮށްފައިވާ މައުލޫމާތު ޝީޓް އިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 6520027 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ވީމާ ވަރުވާއަށް ލިޔުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ވަރުވާއަށް ލިޔުއްވުމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުން 18 ޖޫން 2025 ވާ ބުދަ ދުވަހުގެ 13:00 ގައި މި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.  

12 ޖޫން 2025
ހޯދާ