ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މޮނިއުމަންޓެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ. މި މުހިންމު މަޝްރޫޢުގެ ތެރެއިން، ރަށުގެ ވަނަވަރާއި ފަޚުރުވެރި މާޒީ ރަމްޒުކޮށްދޭނެ މޮނިއުމަންޓެއް ފަރުމާކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ.
މި ފުރުސަތުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން، މޮނިއުމަންޓު ފަރުމާކުރުމުގައި ވިސްނަންޖެހޭ މުހިންމު ނުކުތާތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން މުހިންމު ކަމެކެވެ. މި މަސައްކަތަކީ ރަށުގެ މުސްތަޤުބަލަށް ދެމިގެންދާނެ ތާރީޚީ ނިޝާނެއް ކަމުގައިވާތީ، ފަރުމާކުރުމުގައި އަންނަނިވި މަޢުލޫމާތުތަކަށް ޚާއްސަ އިސްކަމެއް ދެއްވުން އެދެމެވެ.
- 1. މޮނިއުމަންޓް ފަރުމާކުރުމުގައި ވިސްނުންބަހައްޓަންވީ މުޙިންމު ނުކުތާތައް:
1.1. މޮނިއުމަންޓު ވާންވާނީ ކުޅުދުއްފުށި ރަމްޒުކޮށްދޭ ފަރުމާއަކަށެވެ.
1.2. ފަރުމާވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށެވެ.
1.3. މޮނިއުމަންޓު ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ ބަނދަރުމަތީ ސަރަހައްދެގައެވެ.
1.4. ކުޅުދުއްފުށީގެ ނަން ދިވެހިންނާއި އިގިރޭސިން މޮނިއުމަންޓްގެ ކައިރިން ފެންނަންވާނެއެވެ.
1.5. ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިން ލިބޭ ދިގުމުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށެވެ.
- 2. މޮނިއުމަންޓް ފަރުމާކުރުމުގައި ގެންގުޅެންވީ މިންގަނޑުތައް:
2.1. ހުށަހަޅާ ފަރުމާއަކީ ހުށަހަޅާފަރާތުގެ އަމިއްލަ ފަރުމާއަކަށްވާންވާނެއެވެ.
2.2. ފަރުމާއިން ދައްކުވައިދޭ ކޮންމެބަޔަކުން ރަމްޒުކޮށްދޭ މާނަ ލިޔުމުން ހުށަހަޅަންވާނެއެވެ. އަދި ވަކިވަކި ބައިތަކުގައި ހުންނާނެކުލަޔާއި ބިނާކުރާނެ މެޓީރިއަލް އަދި މިންތައް އެގެންއޮންނަންވާނެއެވެ.
2.3. ހުށަހަޅާފަރުމާ ޑައިމީޓަރުގައި 11.5 މީޓާރ ހުންނަ ސަރަހައްދަކަށް ފެތެންވާނެއެވެ.
- މޮނިއުމަންޓް ފަރުމާ ހުށަހަޅަންޖެހޭގޮތް
3.1. ފަރުމާގެ2D އަދި 3D ސްކޭލް ކުރެހުމުގެ ސޮފްޓްކޮޕީ ފައިލްތައް (eg: dwg/skp/eps/jpeg/pdf) އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ.
އީ-މެއިލް: [email protected]
ފޯން ނަންބަރ: 6527162، 6527210
3.2. ކައުންސިލުން ހޮވާ ޑިޒައިން ، ޤާނޫނު ނަންބަރ 23-2023 ( ކޮޕީރައިޓާއި އެހެނިހެން ހައްޤުތަކކުގެ ޤާނޫނު" ގެ ދަށުން ފަރުމާއަށްލިބިދީފައިވާ ހައްޤުތަކުގެ މިލްކުވެރިފަރާތަކީ ކުޅުދުއްފުށީ ސިޓީކައުންސިލުކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.
- ހުށަހަޅާ ފަރުމާއަށް ޕޮއިންޓްދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލު:
4.1. އެންމެ ރަނގަޅު ފަރުމާ ހޮވުމަށްހަމަޖެހިފައިވަނީ އެކަމަށްޓަކައި އެކުލަވާލެވޭ ކޮމެޓީއަކުންނެވެ.
4.2. ހުށަހަޅާފަރުމާތަކަކީ އެކަށީގެންނުވާފަދަ ފަރުމާތަކެއްކަމުގައި ކޮމެޓީއިން ފާސްކޮށްފިނަމަ، މިކަރުދާހަށް ގެންނަންފެންނަ ބަދަލުތަކާއިއެކު އަލުން ޢިއުލާންކުރުމުގެ އިޙްތިޔާރު ކޮމިޓީއަށްލިބިގެންވެއެވެ.
4.3. މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
35 |
Concept & Relevance Clarity and originality of the design concept; alignment with the competition theme, historical/cultural significance, or memorial purpose. |
1 |
20 |
Aesthetic Appeal and Visual impact symbolism, harmony, and artistic quality of the monument. |
2 |
10 |
Contextual Integration Sensitivity to the site, landscape, surrounding architecture, and environmental setting. |
3 |
10 |
Innovation & Creativity Uniqueness, creativity in form, structure, or interpretation. |
4 |
5 |
Functionality & Accessibility Usability (if interactive), public access, inclusivity, and visitor experience. |
5 |
5 |
Sustainability Use of sustainable materials, environmental impact, and long-term maintenance considerations. |
6 |
10 |
Structural Feasibility Practicality of construction, stability, material logic, and scale. |
7 |
5 |
Presentation Quality Clarity of drawings, visuals (3D, renders, sketches), and explanatory text. |
8 |
- ކަނޑައެޅިފައިވާ އިނާމު:
5.1. ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ (ފަސްހާސް ރުފިޔާ) ކަނޑައެޅިފައިވާނެއެވެ.
- ސުންގަޑި:
6.1. ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 11 ޖުލައި 2025 ވަނަ ދުވަހުގެ 14:00 އެވެ.
ވީމާ، މޮނިއުމަންޓު ފަރުމާކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅާ ޑިޒައިންތަށް ކަނޑައެޅިފައިވާ މެއިލް އެޑްރެސްއަށް ސުންގަޑީގެ ކުރިން މެއިލްކުރުންއެދެމެވެ.