ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ޗެންޕިއަންޝިޕް 2025

ކުޅުދުއްފުށީ ސިޓީގައި ފުޓްބޯޅަ ކުރިއެރުވުމަށާއި ކުޅުދުއްފުށީގެ ޒުވާނުންނަށާއި ފުޓްބޯޅަ ކުޅުމަށް ލޯބިކުރާ އެންމެހާފަރާތްތަކަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި ރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރު އިތުރުކޮށް، ޤައުމީ ފެންވަރުގައި ފުޓްބޯޅަކުޅޭ ޒުވާނުން އުފެއްދުމަށާއި ޒުވާނުން ކުށުގެ ވެށިން ދުރުކޮށް، ރަށުގެ އިޖްތިމާއީ ރޫޙު އާލާކޮށްދިރުވުމުގެ މަޤްސަދުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން " ކުޅުދުއްފުށި ޗެންޕިއަންޝިޕް 2025 " ނަމުގައި 09 އޮގަސްޓް 2025 ގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، 25 ޖޫން 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ ލިންކް ގައިވާ ފޯމް މެދުވެރިކޮށް ހުށައެޅުއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ، ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި އަކީ 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ކަމުގައި ދަންނަވަމެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ލިންކް : https://forms.gle/qPSn74tuNw8zQhjU9

މުބާރާތުގެ ޤަވާއިދު މިއިދާރާގެ ވެބްސައިޓް www.kulhudhuffushicity.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މުބާރާތުގެ ޤަވާއިދު މި އިއުލާންއާއެކު ހިއްސާކުރެވޭނެ ވާހަކަ ދަންނަވަމެވެ. މުބާރާތާބެހޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527205 އަށެވެ.

11 ޖޫން 2025
ހޯދާ