މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Georgian Government’s Scholarship 2025

Georgian Government’s Scholarship 2025

ޤައުމު: ޖޯޖިއާ

ބެޗްލަރސް ޑިގްރީ

މާސްޓަރސް ޑިގްރީ

ޕީ.އެޗް.ޑީ

ކޯހުގެ ލެވެލް އަދި ޢަދަދު:

ބެޗްލަރސް ޑިގްރީ

  1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް  ހާސިލުކުރައްވާފައިވުން.
  2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލުކުރައްވާފައިވުން.
  3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ،  ތިރީގައިވާ ސެޓުފިކެޓުތަކުގެ އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން.

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ TOEFL 550 އިން ފެށިގެން މަތި.  

  1. ފުރިހަމަކުރަން އެދޭ ކޯހާއި ގުޅޭގޮތުން އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ޔުނިވަރސިޓީގެ ރިކުއަރމެންޓް  ފުރިހަމަވުން

 

މާސްޓަރސް ޑިގްރީ

  1. ކޯހާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. ތިރީގައިވާ ސެޓުފިކަޓުތަކުގެ ތެރެއިން އިނގިރޭސި ފާހެއް ޙާސިލްކޮށްފައިވުން

ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި

ނ TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ  އިން "ސީ" އިން ފެށިގެން މަތި

  1. ފުރިހަމަކުރަން އެދޭ ކޯހާއި ގުޅޭގޮތުން އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ޔުނިވަރސިޓީގެ ރިކުއަރމެންޓް ފުރިހަމަވުން

ޕީ.އެޗް.ޑީ

  1. ކޯހާއި ގުޅޭ ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން.
  2. ފުރިހަމަކުރަން އެދޭ ކޯހާ ގުޅޭގޮތުން އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާ ޔުނިވަރސިޓީގެ ރިކުއަރމެންޓް ފުރިހަމަވުން

 

 

އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން.

2. އެދޭ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން.

ކޯހުގެ ޝަރުތު:

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭން ބޭރުގެ ސެޓްފިކެޓެއްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން (އެމް.ކިއު.އޭ) އިން ވެލިޑޭޓްކޮށްފައި).
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)
  3. މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ޑޭޓާ ޕޭޖްގެ ސާފު ސްކޭން ކޮޕީ.
  4. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. އެޕްލިކޭޝަން ފޯމް
  6. އެޕްލައިކުރާ ފަރާތުގެ ސީވީ. (އިނގިރޭސި ބަހުން)
  7. މޯޓިވޭޝަން ލެޓަރ (ޔުނިވާސިޓީއިން އިން ޕްރޮގްރާމް ފުރިމަކުރަން ބޭނުންވާ ސަބަބު އަދި ފުރިހަމަ ކުރަން އެދޭ ޕްރޮގްރާމް ޚިޔާރު ކުރި ސަބަބު އިންގޭހެން)
  8. ކޯހާއި ގުޅޭގޮތުން އަޕްލޯޑުކުރެވިފައިވާ މަޢުލޫމާތުތައި ޔުނިވަރސިޓީގެ އިތުރު ޝަރުތެއް ވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށް ދިނުމަށްޓަކައި، އެއާގުޅޭ ލިޔުން.
  9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.
  10. މިހާރު ހާސިލް ކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރެއްވިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އެނގޭނެ، ކެންޑިޑޭޓްގެ ލިޔުމެއް.
  11. މިނިސްޓްރީއިން ނުވަތަ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވައިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކަމުން ގެންދާނެ ކަން ބަޔާންކުރާ، ކެންޑިޑޭޓްގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި:

-            

-   މި ސްކޮލަރޝިޕަށް އެޕްލައިކުރާ ފަރާތްތަކުން ފުރިހަމަކުރަން އެދޭ ކޯސް ހިންގާ ޔުނިވަރސިޓީގެ އޮންލައިން އެޕްލިކޭޝަން ފުރިހަމަކުރުމުގެ އިތުރުން މި މިނިސްޓްރީގެ  "މައިއެޑިޔު" ޕޯޓަލްhttps://myedu.egov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

-   މި ސްކޮލަރޝިޕަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކެއް ނޮމިނޭޓް ކުރެވޭނެއެވެ. އަދި ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕް ދެއްވާ ފާރާތުންނެވެ.

-   މި މިނިސްޓްރީއިން ނޮމިނޭޝަން ހަދާނީ މި މިނިސްޓްރީގެ "މައިއެޑިޔު"  ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތަކަށް ބަލައިގެންނެވެ.

-   މި ސްކޮލަރޝިޕްގެ ދަށުން ލިބޭ އެލެވެންސް ތަކުގެ ތަފްޞީލް މި އިޢުލާނާއެކު މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވިފައިވާ މަޢުލޫމާތު ޝީޓް އަދި ތިރީގައި މިވާ ލިންކުތަކުން ލިބެންހުންނާނެވެ.

Ilia State University

 www.iliauni.edu.ge

https://iliauni.edu.ge/en/international/HOWTOAPPLY

 

International Black Sea University

http://www.ibsu.edu.ge/

https://ibsu.edu.ge/en/programs/bachelors/

 https://ibsu.edu.ge/en/programs/masters/ - 1714137864-1-7

https://ibsu.edu.ge/en/programs/doctorate/ - 1714137864-1-7

https://ibsu.edu.ge/en/iro/admission/

https://docs.google.com/forms/d/1Lu9xkiKyRCQS-C8_GYE_fKSSkDDRSHgDZcBPDSw3zxY/edit

 

Tbilisi State Medical University (TSMU)

http://www.tsmu.edu/

 

-   ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ.

-   އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

-   މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ.

 

އިތުރު މަޢުލޫމާތު:

އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 17 ޖޫން 2025 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން.

ސުންގަޑި:

 

އެޕްލިކޭޝަން ހުށަހަޅާނީ އެދޭ ކޯސް ހިންގާ ޔުނިވަރސިޓީގެ އެޕްލިކޭޝަން ލިންކް އަދި https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ.

11 ޖޫން 2025
ހޯދާ