ދިވެހިރާއްޖެ
މ.މަޑުއްވަރީ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާން އުނގެނޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތިން ތަރުތީލަކޮށް ކިޔެވުމުގެ ޝައުޤުވެރިކަން އާލާކުރުމާއި ، ދީނީ ރޫޙު އަށަގެންނެވުމާއި އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ވާދަކޮށް ރަށަށް ރީތި ނަން ހޯދައިދެވޭ ފަދަ ފަރާތްތަކެއް އުފެއްދުމުގެ މަޤްޞަދުގައި މިކައުންސިލުން ބާއްވާ މި ކައުންސިލްގެ 1 ވަނަ ޤުރުއާން މުބާރާތް 26 ޖުލައި 2025 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 30 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ފުރުއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޯމް ރަސްމީގަޑީގައި މިއިދާރާއިންނާއި މ.މަޑުއްވަރީ ސްކޫލުން ލިބެންހުންނާނެވެ. އަދި މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިއުލާނާއި އެކު އެއްކަރުދާސްކުރެވިފައިވާނެއެވެ. ފޯމް މެއިލް ކުރައްވާ ފަރާތްތަކުން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އޮންލައިންކޮށް ފޯމް ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންނަނިވި ލިންކް ބޭނުންކުރެއްވުން އެދެމެވެ.