ދިވެހިރާއްޖެ
"ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު" އަށް އަންނަނިވި އިސްލާޙު ގެނެސް، "ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު 2025 (ފުރަތަމަ އިޞްލާޙު)" އާންމުކުރީމެވެ. އަދި، 2025 ޖޫން 11 ވަނަ ދުވަހުން ފެށިގެން މި އުޞޫލާ އެއްގޮތަށް ޢަމަލުކުރުމަށް ދަންނަވަމެވެ.
"ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު 2025 (ފުރަތަމަ އިޞްލާޙު)" އާއި، މި އުޞޫލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބެންހުންނާނެކަމުގައި ވެސް ދެންނެވީމެވެ.
https://www.csc.gov.mv/Policy/Index/94
"ދައުލަތުގެ ޕޭ ފްރޭމްވަރކުގެ ޖޮބް މެޓްރިކްސްގެ ޕަބްލިކް ސަރވިސް ރޭންކު 7 އިން ދަށް ރޭންކުގައިވާ ފަރާތްތައް ޑިގްރީ ހާޞިލުކުރުމުން ޕަބްލިކް ސަރވިސް ރޭންކު 7 އަށް ބަދަލުކުރުމުގެ އުޞޫލު 2025 (ފުރަތަމަ އިޞްލާޙު)" އިން ގެނެސްފައިވާ ބަދަލު:
އުޞޫލުގެ 2 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި "މި އުޞޫލުގެ ދަށުން ޕަބްލިކް ސަރވިސް ރޭންކް 7 ގެ މަގާމަށް ހަމަޖެއްސުމަށް ހުށަހަޅާނީ އެ މުވައްޒަފު ހުރި މަގާމުގެ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހުގައެވެ." މިގޮތަށް އިތުރުކޮށް އެ މާއްދާ ތަރުތީބު ކުރެވިފައި.