ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ އަތޮޅު ކައުންސިލްގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރާއި ލާންޗަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ހައްދުންމަތީ އަތޮޅު ކައުންސިލްގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރާއި ލާންޗަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މި ކައުންސިލްގައި ބޭނުންކުރާ އެއްގަމު އުޅަނދު ފަހަރާއި ލާންޗަށް ބޭނުންވާ ޕެޓްރޯލް އަދި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިއެވާ މެއިލް އެޑްރެސް އަށް ބިޑްގައި ރަޖިސްޓްރީ ވުމަށް މެއިލް ފޮނުއްވުން އެދެމެވެ.

1

ރަޖިސްޓްރީވުން

15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް [email protected] އަށް އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އަދި ރަޖިސްޓްރީވާ ފަރާތްތަކުން އިއުލާނު ނަންބަރު، ރަޖިސްޓްރީވާ ފަރާތުގެ ނަމާއި ނަންބަރު، މޯބައިލް ނަންބަރު ޖެއްސެވުން އެދެމެވެ.

2

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެގޮތް

 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް އަންދާސީ ހިސާބު ހިއްޕަވައިގެ ހައްދުންމަތީ އަތޮޅުކައުންސިލަށް ވަޑައިގެންދެއްވުން އެދެމެވެ. ( ސުންގަޑީގެފަހުން ހުށަހެޅޭ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.)

3

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް

ހުށަހަޅަންޖެހޭ ލިޔުންތައް މައުލޫމާތު ޝީޓުގައި ބަޔާންކުރެވިފައިވާނެއެވެ.

 

10 ޖޫން 2025
ހޯދާ