ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުންދާ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްއިން މާލެ އަތޮޅު (އުތުރު އަދި ދެކުނު) ކަނޑުއަޑީގެ ސާރވޭ މަސައްކަތްތަކެއް ކުރުމަށްޓަކައި ދުވަހު ކުއްޔަށް ކަނޑުއުޅަނދެއް ހިފުމަށް ކުރެވުނު ނަންބަރ (IUL)30-P1/30/2025/98 އިއުލާނާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެންދެއްވުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 11:00 ވަޑައިނުގެންނެވޭ ފަރާތްތަކަށް 3322242 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެ |
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް |
އަންދާސީ ހިސާބު ހުށަހެޅުން |
22 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސް (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
މި އިޢުލާނާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 7 (ހަތެއް) ދުވަހުގެ މުއްދަތެކެވެ. މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް އަތުވެއްޖެނަމަ، ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3322242، 3028703 އަދި 3339239 ނަންބަރު ފޯނަށެވެ.