ދިވެހިރާއްޖެ
ނަންބަރު: (IUL)303-EDMS/303/2025/40
އިޢުލާން
ފަހާކޯހެއް ކުރިއަށް ގެންދިއުމާއި ގުޅޭ
ރ. އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ފަހާކޯހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ކޯހަކީ އުނގޫފާރުގައި ދިރިއުޅޭ ކަނބަލުންގެ ތެރެއިން 16 އަހަރުން މަތީގެ ހުރިހާ ކަނބަލުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހެކެވެ. ހުރިހާ ލެވަލްތަކަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި ބޭނުންކުރާނެ ފަހާފޮށްޓާއި އެހެނިހެން ސާމާނު ހޯދަންޖެހޭނީ ބައިވެރިން އަމިއްލައަށެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 ޖުލައި 2025 އިން 31 ޖުލައި 2025 ގެ ނިޔަލަށެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަކުރެއްވުން އެދެމެވެ.
ލިންކް: https://forms.gle/ytSYUXLYDWNEx85z5
އިތުރު މަޢުލޫމާތު ހޯދުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.