ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މިކުންފުނީގެ ފާމަސީތަކަށް ދެއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެ
|
މަސައްކަތްކުރާ ތަން |
އަސާސީ މުސާރަ |
އަދަދު |
މަޤާމު |
|
އެސް.ޓީ.އޯ އއ. އުކުޅަސް ފާމަސީ |
-/3380 ރުފިޔާ |
2 |
ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ އއ. ބޮޑުފުޅަދޫ ފާމަސީ |
-/3380 ރުފިޔާ |
2 |
ފާމަސީ އެސިސްޓެންޓް |
|
އެސް.ޓީ.އޯ އދ. މަހިބަދޫ ފާމަސީ |
-/5380 ރުފިޔާ |
1 |
ޑިއުޓީ އިންޗާޖް |
|
-/4350 ރުފިޔާ |
2 |
ފާމަސިސްޓް |
|
|
-/3380 ރުފިޔާ |
2 |
ފާމަސީ އެސިސްޓެންޓް |
|
|
-/2620 ރުފިޔާ |
1 |
އެސިސްޓެންޓް ލޭބަރ |
|
|
އެސް.ޓީ.އޯ މ. ނާލާފުށި ފާމަސީ |
-/3380 ރުފިޔާ |
2 |
ފާމަސީ އެސިސްޓެންޓް |
|
އެސ.ްޓީ.އޯ ވ. ތިނަދޫ ފާމަސީ |
-/3380 ރުފިޔާ |
1 |
ފާމަސީ އެސިސްޓެންޓް |
ޑިއުޓީ އިންޗާޖް
މަޤާމުގެ މަސްއޫލިއްޔަތު:
- ސްޓާފުން ސުޕަރވައިޒްކުރުން
- ސްޓޮކް މެނޭޖްކުރުން
- ރިޕޯޓު ތައްޔާރުކުރުން
- ދުވަހުގެ މަސައްކަތް މޮނިޓަރ ކުރުން
ތަޢުލީމީ ތަޖުރިބާ:
މެނޭޖްމަންޓްގެ ދާއިރާއިން ޑިޕްލޮމާ ނުވަތަ ޑިގްރީ ހާސިލުކޮށްފައިވުން ނުވަތަ އެއަށްވުރެ މަތީ ފާހެއްލިބިފައިވުން
ފާމަސިސްޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބޭސް ދޫކުރުން
- ހަރުގަނޑުތަކުގައި ބޭސް އެތުރުން
- ކޮންޓްރޯލް ޑްރަގްސް ރިޕޯޓު ތައްޔާރުކުރުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކޮށް ރިޕޯޓު ތައްޔާރުކުރުން
ތަޢުލީމީ ތަޖުރިބާ:
އެޑްވާންސްޑް ސެޓިފިކެޓް ނުވަތަ ޑިޕްލޮމާއިން ފާމަސީ ކޯސް ފުރިހަމަކޮށްފައިވުން
ފާމަސީ އެސިސްޓެންޓް
މަޤާމުގެ މަސްއޫލިއްޔަތު
- ކަސްޓަމަރުންނަށް ތަނުންލިބެން ހުންނަ ޚިދުމަތް ފޯރުކޮށްދިނުން
- ބިލް ހެދުން
- މުއްދަތުހަމަވާ ބޭސްތައް ޗެކްކުރުންް
- ހަރުގަނޑުތަކުގައި ބޭސް އެތުރުން
- ކްރެޑިޓް ބިލް ޗެކްކުރުން
- އާސަންދައިން ދޫކުރާ ބޭސްތަކުގެ ޓްރާސެކްޝަންތައް ބެލެހެއްޓުން
ތަޢުލީމީ ތަޖުރިބާ:
ޖީސީއީ އޯލެވެލް ފުރިހަމަކޮށްފައިވުން
އެސިސްޓެންޓް ލޭބަރަރ
މަޤާމުގެ މަސްއޫލިއްޔަތު:
- ފާމަސީގެ އެތެރެ ސާފުކޮށް ބެލެހެއްޓުން
- ހަރުގަނޑުތަކުގައި ބޭސް ޖެހުން
- މުދާތައް (ބޭސް) ބޭލުން
ތަޢުލީމީ ތަޖުރިބާ:
- ގްރޭޑް 7 ނިންމާފައިވުން
- ދިވެހި އަދި އިނގިރޭސި ބަހުން ލިޔަން ކިޔަން އެގުން
އެހެނިހެން އިނާޔަތްތައް:
- އިތުރު އެލަވަންސް: 1500.00ރ –2450.00ރ އާ ދެމެދުގެ އަދަދެއް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތައް ހަޖައްސައިދެވޭނެ
- އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެ
- މަތީތަޢުލީމް ހާސިލުކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ
- ޕެންޝަން
- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަން އަށްފަހު)
މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 9 ސެޕްޓެންބަރު 2015ގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކުތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީސް ކައުންޓަރުން އަދި އެސްޓީއޯ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.
އެސްޓީއޯ ވެބްސައިޓް: http://www.stomaldives.com/downloads
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
- މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344245/ 3344368، ފެކްސް: 3344041 އީމެއިލް އެޑްރެސް: [email protected]
