މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދިއުމާއި ގުޅޭ

ނަންބަރު: (IUL)303-EDMS/303/2025/38 

 

އިޢުލާން

ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދިއުމާއި ގުޅޭ

                     ރ. އުނގޫފާރު ކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އުނގޫފާރު ޕޮލިސްޓޭޝަން ގުޅިގެން 1 މަސް ދުވަހުގެ މުއްދަތަކަށް ކަސްރަތު ޕްރޮގުރާމެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގުރާމަކީ 18 އަހަރުން މަތީގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ.

                     އެގޮތުން މި ޕްރޮގުރާމް ފެށުމަށް ހަމަޖެހިފައިވަނީ 2025 އޮގަސްޓު 01 ވާ ހުކުރު ދުވަހުގެ ރޭގަނޑެވެ. މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި ޕްރޮގުރާމުގައި ބައިވެރިވުމުގެ އެންމެ ފަހުގެ ތާރީޙަކީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހެވެ.

ވިމާ މި ޕްރޮގުރާމުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2025 ޖޫން 19 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މި ކައުންސިލަށް ހުށައެޅުން އެދެމެވެ. އަދި މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމް އުނގޫފާރު ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބިލައްވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް 9128117 އަށް ގުޅުއްވުން އެދެމެވެ.

10 ޖޫން 2025
ހޯދާ