ދިވެހިރާއްޖެ
ކުނިއަންދާ މެޝިނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ދެ ވަނަ ފަހަރަށްކުރި ނަންބަރު: 340/340/2025/34(IUL) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވަނީ މި މަސައްކަތަށް ކައުންސިލުން ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ބޮޑު އަގަކަށްވާތީ އެ ހުށަހެޅުންތައް ބާޠިލްކޮށް އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ މި އިޢުލާނާއެކު ހިއްސާކުރެވޭ ބިޑް ޑޮކިއުމަންޓްތަކުގެ ސެކްޝަން 2 (ބީލަން ހުށަހަޅާ ފަރާތްތަކަށް ދެވޭ އިރުޝާދުތައް)ގެ 2 ވަނަ މާއްދާގެ 2.1 ވަނަ ނަންބަރުގައި ބަޔާންކުރާ ފަރާތްތަކަށެވެ. މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤްވެރިވާ ފަރާތްތަކުން، 2025 ޖޫން 10 އިން 2025 ޖޫން 18 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ރަޖިސްޓްރީވުމަށް މި ކައުންސިލްގެ [email protected] އީމެއިލަށް، ރަޖިސްޓަރީވެލައްވާ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ފޮނުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ނަންނޯޓުނުކުރާ ފަރާތްތަކަށް ބިޑްހުށަނޭޅޭނެއެވެ.
މި މަސައްކަތްތަކުގެ ތަފްސީލްހިމެނޭ ބިޑް ޑޮކިއުމެންޓް މި އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. މި ބިޑްޑޮކިއުމަންޓުގެ ހާޑްކޮޕީ ދޫކުރެވޭނީ ކޮންމެ ގަނޑަކަށް 2ރ (ދެ ރުފިޔާ) ދެއްކުމުންނެވެ. މި މަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބިޑް ޑޮކިއުމެންޓްތަކުގައި ހިމެނިފައިވާނެއެވެ.
މި މަސައްކަތާގުޅޭ އެއްވެސް ސުވާލެއް އޮތްނަމަ މަތީގައިވާ މެއިލަށް 2025 ޖޫން 16 ވަނަ ދުވަހުގެ 14:00ގެ ކުރިން ފޮނުވުމުން 2025 ޖޫން 17 ވަނަ ދުވަހުގެ ނިޔަލަށް ޖަވާބު ފޮނުވޭނެއެވެ.
މި މަސައްކަތުގެ ބިޑްބަލައިގަތުމާއި ބިޑްހުޅުވުން އޮންނާނީ 2025 ޖޫން 19 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގައެވެ.