މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަދަހަ މުބާރާތް ބޭއްވުމާއި ގުޅޭ

ނަންބަރު:(IUL)303-EDMS/303/2025/41

 

އިޢުލާން

 މަދަހަ މުބާރާތް ބޭއްވުމާއި ގުޅޭ:

                          އުނގޫފާރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށްގެން އުނގޫފާރުގައި ދިރިއުޅުއްވާ ދެޖިންސަށް އަމާޒުކޮށް މަދަހަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 24 ޖުލައި 2025 ވަނަ ދުވަހުގެ ރެއެވެ. އުމުރު ފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑިއަކީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ.

ބައިވެރި ވެވޭ އުމުރުފުރާތަކަކީ:

އިންފިރާދީ

  އެފް އެސް ސްޓޭޖް

 ކީ ސްޓޭޖް 1 ، 2، 3 އަދި 4

 16 އަހަރާއި 25 އަހަރާ ދެމެދު

 25 އަހަރާއި 35 އަހަރާއި ދެމެދު

 35 އަހަރުން މަތި

ގްރޫޕް

 ކީސްޓޭޖްތަކުގެ ގްރޫޕް މަދަހަ

 16 އަހަރުން މަތީގެ ގްރޫޕްތައް (16 އަހަރުން މަތީގެ ފަރުދުން ހިމެނޭ ގްރޫޕްތައް)

  މުބާތާރުގައި ވަކިވަކިން މަދަހަ ހުށަހެޅުމާއި، ގްރޫޕު މަދަހަގައި ކޮންމެ އުމުރު ފުރައަކަށްވެސް އަދި މުބާރާތުގެ ބައިވެރިއަކަށްވިޔަސް ބައިވެރިވެ ހުށަހެޅިދާނެއެވެ.

                  މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅައި ފޯމާއެކު ބައިވެރިވާ ފަރާތް ނުވަތަ ފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:30 ން 13:00 އާއި ދެމެދު އުނގޫފާރު ކައުންސިލް އިދާރާ އިން ބައިވެރި ވުމުގެ ފޯމް ލިބެން ހުންނާނެއެވެ.

             އިތުރުމަޢުލޫމާތު ހޯދުމަށް 9128117 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

10 ޖޫން 2025
ހޯދާ