ދިވެހިރާއްޖެ
މި ކޯޓުގެ ނަންބަރު (S3C-A/2025/16) އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ. މި އިޢުލާނާއި ގުޅިގެން ހުށަހެޅޭ އަންދާސީ ހިސާބުތަކުގެ ތެރެއިން، އެންމެ ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅި ނަމަވެސް، އެ އަންދާސީ ހިސާބު ބަލައިގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓު ހިންގުމަށް ސ.މަރަދޫއިން ޢިމާރާތެއް ކުއްޔަށް ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު ޝިޓާއި އެހެނިހެން މަޢުލޫމާތު ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓުންނާއި، ކޯޓުގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ތިރީގައިވާ ގޮތުގެ މަތިން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 18 ޖޫން 2025
އަންދާސީ ހިސާބު ހުށަހަޅާގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ސ.މަރަދޫ މެޖިސްޓްރޭޓް ކޯޓް