ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
މަޤާމު: |
ޖޫނިއަރ.ކިއު.އޭ އިންސްޕެކްޓަރ |
ބޭނުންވާ ޢަދަދު |
2 |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ކޮލިޓީ އެޝޫރެންސް ޑިޕަރޓްމެންޓް /ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް |
އަސާސީ މުސާރަ: |
4225.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް: |
- ސާރވިސް އެލަވަންސް: 2535.00 ރުފިޔާ (ބޭސިކް މުސާރައިގެ %60) - މިނިމަމް ވޭޖް އެލަވަންސް: 2746.25 ރުފިޔާ ( ބޭސިކް މުސާރައިގެ %65) |
ޝަރުޠު: |
- ޖީ.ސި.އީ އޯލެވެލް ނުވަތަ ޖީ.ސީ.އީ އޭލެވެލް 3 މާއްދާއިން ފާސްވެފައިވުން. - މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަޤާމްގެ މަސްއޫލިއްޔަތުތައް |
- ކޮންމެ ދުވަހަކުވެސް ރޭވިފައިވާ މަސައްކަތު ޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުން. - ކަލެކްޓަރ އުޅަނދުތަކުންނަގާ ރޯމެޓީރިލްސްގެ ސެންސަރީ އިވެލުއޭޝަން ހެދުން، މަހުގެ ބެކޮބޯން ޓެމްޕަރޭޗަރ މޮނީޓަރ ކުރުން، ސާމްޕްލިންގ ޕްލޭންއާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ސާމްޕަލްތައް ނެގުން، އަދި ރިޕޯރޓްތައް ބެލެހެއްޓުން. - ދޯނިން ނަގާމަހުގެ ސެންސަރީ އިވެލުއޭޝަން ހެދުން، ސާމްޕްލިންގ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ހިސްޓަމީން ބެލުމަށްޓަކައި ސާމްޕަލް ނެގުން، އަދި ރިޕޯރޓްތައް ބެލެހެއްޓުން. - މައިއުޅަނދުތަކުން ގަނޑުކޮފައިވާ މަސްނަގާއިރު، ގަނޑުކޮށްފައިވާ މަހުގެ ބިބީޓީއާއި ގަނޑުކޮށްފައިވާ މަހުގެ ކޮލިޓީ މޮނީޓަރ ކުރުން، އަދި ކެއްކުމުގެ ޓެސްޓަށާއި ހިސްޓަމީން އެނަލަސިސްއަށް ސާމްޕަލްނެގުމާއި، ރިޕޯރޓްތައް ބެލެހެއްޓުން. - ކެރިއަރ އުޅަނދުތަކަށް ގަނޑުކޮށްފައިވާ މަސްލޯރޑް ކުރާއިރު، އުޅަނދުގެ ޓެމްޕަރޭޗަރ ހިފެހެއްޓުމާއި ބީބީޓީ މޮނިޓަރ ކުރުން، އަދި ރިޕޯރޓް ބެލެހެއްޓުން. އަދި ކެއްކުމުގެ ޓެސްޓަށާއި ހިސްޓަމީން އެނަލަސިސްއަށް ސާމްޕްލިންގ ޕްލޭނާއެއްގޮތްވާ ގޮތުގެމަތިން ސާމްޕަލްނެގުން. |
އިންޓަރވިއުކުރުން: |
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން. - ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) - ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް) - ޕޮލިސް ރިޕޯރޓް |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
- ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 17 ޖޫން 2025 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ. - މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. |
- ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ.
10 ޖޫން 2025