މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 

ވަޒީފާގެ ފުރުސަތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މުވައްޒަފަކަށް ވެވަޑައިގަތުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.  

 

ސެކްރެޓަރީ ޖެނެރަލް

މަޤާމް

 1

އަދަދު

 -/20,500ރ

މުސާރަ

 -/15,000ރ

ލިވިންގް އެލަވަންސް

 -/700ރ

ފޯނު އެލަވަންސް

މަގާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

އިތުރު އިނާޔަތްތައް

 3 (ތިނެއް) މަސް ދުވަސް

ޕްރޮބޭޝަން މުއްދަތު

މިލާދީ  5 (ފަސް) އަހަރު

މަޤާމުގެ މުއްދަތު

ރަސްމީ އަދި ނުރަސްމީ ގަޑި

މަސައްކަތު ވަގުތު

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، މާލެ

މަސައްކަތްކުރާ ތަން

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ       ތަޖުރިބާ ހުރުން. ނުވަތަ،

  2. މާސްޓަރސް ޑިގްރީ ޙާޞިލް ކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން. ނުވަތަ،

  3. ލެވެލް 7 ނުވަތަ 8 ޙާޞިލް ކޮށްފައިވުމާއެކު ހިންގުމުގެ ދާއިރާގައި މަދުވެގެން 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން، އަދި

  4. ހިންގުމުގެ ދާއިރާގައި ސީނިއަރ މެނޭޖްމެންޓް އާއި އެގްޒެކެޓިވް ލެވެލްގައި މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

  5. ޕްރޮފެޝަނަލް، އެޑްމިނިސްޓްރޭޓިވް އަދި ޓެކްނިކަލް މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން.

  6. ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

  7. މަސައްކަތުގައި ގިނަ ވަގުތު ހޭދަ ކުރެވޭ މީހެއްކަމުގައިވުން.

  8. ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި އެމީހެއްގެ އަމިއްލަ މަސްލަހަތެއް ނުހިމެނޭ މީހަކު ކަމުގައިވުން.

  9. މަޤާމަށް ޤާބިލް މީހެއްކަން ކޮމިޝަންގެ މެންބަރުންގެ އިންޓަރވިއު ޕެނަލްއަށް ސާބިތުކޮށްދިނުން. 

  10. ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން.

  11. ވަޒީފާއާ ބެހޭ ޤާނޫނާއި ގަވާއިދުތައް އެނގޭކަން އިންޓަރވިއު ޕެނަލްގައި ސާބިތުކޮށްދިނުން.

 

މަޤާމުގެ ޝަރުތު:

  1. އުމުރު – 25-55 އަހަރު

  2. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތަކަށް ނުވުން.

  3. މިކޮމިޝަނުގައި އެމީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑު އެއްބަފާ މީހެއް، އެއްބަނޑު މީހެއް ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން، ނުވަތަ ބުނެވި ދިޔަ މީހަކު ވަޒީފާގައި ހުރެ ކުރިމަތިލާ    މީހާ ހޮވިއްޖެނަމަ އެމީހަކު ވަޒީފާއިން ވަކިވާން އެއްބަސްވާނެ ކަމުގެ ލިޔުން އޮތުން.

 

އިތުރު އަސާސީ ޝަރުޠު

 

މި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާތައް ތިރީގައި އެވަނީއެވެ.

 1. ޕަބްލިކް/ބިޒްނަސް މެނޭޖްމަންޓް

 2. ޕަބްލިކް/ބިޒްނަސް އެޑްމިނިސްޓްރޭޝަން؛

 3. ހިއުމަން ރިސޯސަސް މެނޭޖްމަންޓް؛

 4. ޕޮލިޓިކަލް ސައިންސް؛

 5. ޤާނޫނު ނުވަތަ ޝަރީޢަތާއި ޤާނޫނު؛

 6. އެކައުންޓިންގ/ފައިނޭންސް؛

 7. ޕަބްލިކް ޕޮލިސީ؛

 8. މީޑިއާ އަދި ކޮމިއުނިކޭޝަން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކަނޑައަޅާ ގަވާއިދުތަކާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން ކޮމިޝަންގެ އިދާރާ ހިންގުމަކީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްތަކެވެ. މީގެއިތުރުން، ކޮމިޝަނުގެ އެންމެ އިސް މުވައްޒަފުގެ ހައިސިއްޔަތުން، ކޮމިޝަން އިދާރީގޮތުން ހިންގައި ބެލެހެއްޓުމުގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ.

  1. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއި ކޮމިޝަނުން ހަދާ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކޮމިޝަންގެ އިދާރާ ހިންގާ ބެލެހެއްޓުން.

  2. ކޮމިޝަނުން ހަދާ ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަންގެ ޖަލްސާތަކުގެ އިދާރީ ކަންތައްތައް ހިންގާ ބެލެހެއްޓުން.

  3. ކޮމިޝަން އިދާރީގޮތުން ހިންގުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލައި، ކޮމިޝަނުގެ ބައްދަލުވުމަކުން ފާސްކުރުމަށްފަހު، ކޮމިޝަނުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން؛

  4. ކޮމިޝަނުގެ މަޝްވަރާއާއެކު ކޮމިޝަނުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު، މެދު އަދި ކުރު ރާސްތާގެ މަޝްރޫޢުތައް އެކުލަވާލުމާއި، ކޮމިޝަންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ގެންނަން ޖެހޭ ބަދަލުތައް      ގެނައުމާއެކު، އެމަޝްރޫޢުތައް ހިންގައި މޮނިޓަރކޮށް ބެލެހެއްޓުން؛

  5. ކޮމިޝަނުގެ އިދާރީ ކަންތައްތަކުގައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ޙާލަތްތަކުގައި އެކަމުގައި ކޮމިޝަނަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދިނުން؛

  6. ކޮމިޝަނުގެ އިދާރީ އޮނިގަނޑު (ބޭނުންވާ މުވައްޒަފުންގެ ޢަދަދާއި ފެންވަރު އެނގޭގޮތަށް) އެކުލަވާލުމާއި،  މުވައްޒަފުން ހޯދައި، ވަޒީފާގެ އެއްބަސްވުމާއި ވަޒީފާ ބަޔާން އެކުލަވާލުމާއި، ކޮންމެ މުވައްޒަފަކާވެސް، އެމުވައްޒަފެއްގެ ޒިންމާތައް އެނގޭނޭހެން އެމުވައްޒަފެއްގެ މަސައްކަތް ހަވާލުކުރުމާއި އެކަމާ ބެހޭ ރެކޯޑާއި ލިޔެކިއުންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ޕަރފޮމެންސް އެޕްރައިސަލް ހެދުމާއި، ވަޒީފާއަށް އެކަށީގެން ނުވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ކޮމިޝަނަށް ލަފާދިނުން؛

  7. މުވައްޒަފުންނާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތަކާއި އުޞޫލުތައް ހެދުމަށްފަހު ކޮމިޝަނުގެ މެމްބަރުންގެ މަޝްވަރާގެމަތިން ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމާއި އެކަންތައްތައް ތަންފީޒުކުރުން؛

  8. މެމްބަރުންގެ މަޝްވަރާގެމަތިން ކޮމިޝަނުގެ އަހަރީ ބަޖެޓް އެކުލަވާލައި، ކަނޑައެޅިފައިވާ ތާރީޚަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުން؛

  9. ކޮމިޝަނަށް އެކަށައެޅިފައިވާ ބަޖެޓާއި އެއްގޮތްވާގޮތުގެ މަތިން، ކޮމިޝަނުގެ މަޤްޞަދު ޙާޞިލުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް އެކަށޭނަ މުވައްޒަފުން ހިމެނޭ އިދާރާއެއް ޤާއިމު ކުރުމުގައި ކޮމިޝަނަށް އެހީތެރިވުން.

  10. ކޮމިޝަން ހިންގުމަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތްތައް ބަޖެޓްގެ ތެރެއިން ހޯދޭނެ އިންތިޒާމް ހަމަޖެއްސުމާއި، މުވައްޒަފުންނާއި މެމްބަރުންނަށް ދޭންޖެހޭ މުސާރައާއި ޢިނާޔަތް ދިނުމުގެ އިންތިޒާމު ހަމަޖެއްސުން؛

  11. މުވައްޒަފުންނާއި މެމްބަރުން މަސައްކަތްކުރުމަށް ބޭނުންވާ ޖާގައާއި ވަސީލަތްތައް އެވަގުތަކަށް ހަމަޖައްސައިދެވެން އޮތް އެންމެ ރަނގަޅު ގޮތަކަށް ހަމަޖައްސައިދިނުން؛

  12. ކޮމިޝަނުގައި ވަޒީފާއަދާކުރާ ތަފާތު ފަންނީ ގިންތިތަކުގެ އެންމެން ގުޅިގެން އެކުވެރި ގޮތެއްގައި މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް ދެމެހެއްޓުމާއި މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ގުޅުން ބަދަހިކުރުމާއި، މަޞްލަޙަތު ޤާއިމުކުރުވުން؛

  13. މުވައްޒަފުން މަސައްކަތް ކުރާގޮތް ބެލުމާއި، ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދިނުމާއި، ވަޒީފާއަށް ފަރުވާކުޑަކުރާ މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުން.

  14. މުވައްޒަފުންގެ މަޢުލޫމާތާއި ހުނަރު އިތުރުކޮށް ފެންވަރު މަތިކުރުމަށް ބޭނުންވާނެ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، މަސައްކަތުގައި އިތުރު އެހީއަށް ބޭނުންވާ މުވައްޒަފުންނަށް އެހީތެރިވެދެވޭނެ ޕްރޮގްރާމްތައް ރާވައި ހިންގުން؛

  15. މުވައްޒަފުންގެ ތެރޭގައި، ކަމަށްކަމޭހިތުމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި، އިޚްލާޞްތެރިކަމާއި ފަރުވާތެރިކަމާއެކު މަސައްކަތްތައް ފުރިހަމައަށް ކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތް ނިންމުންފަދަ ސިފަތައް އަށަގަންނުވައި، ކުރިއަރުވައި، މަސައްކަތުގެ އަޚްލާޤާއި ނަޒާހަތްތެރިކަން ހަރުދަނާކުރުވުން؛

  16. މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކޮށް، މުވައްޒަފުންގެ މެދުގައިޖެހޭ މައްސަލަތައް ޙައްލުކޮށް އިންސާފު ޤާއިމުކުރުން؛

  17. އައު ގޮތްތައް ދިރާސާކުރުމާއި، އެހެން ތަންތާނގައި ކަންކުރާ ގޮތް ބަލައި، ކޮމިޝަނަށް އައު، ރަނގަޅު، މޮޅު ގޮތްތައް ހޯދައި، ދެނެގަނެ، އެގޮތްތައް ތައާރަފުކުރުމާއި މަސައްކަތްތައް ފަސޭހަކޮށް، އަވަސްކޮށް އަދި ޚަރަދު ކުޑަކޮށް ކުރެވޭނެ އައު ޓެކްނޮލޮޖީ ހޯދައި، އެ ޓެކްނޮލޮޖީ ތައާރަފުކުރުން؛

  18. ކޮމިޝަނުގެ މަސައްކަތާ ގުޅޭގޮތުން ބޭރުގެ ފަރާތްތަކާ ވިއުގަކޮށް، ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކޮށް ހެދުމާއި މަސައްކަތާ ގުޅުންހުރި ރޮނގުރޮނގުގެ މަޖައްލާއާއި އައު ހޯދުމާއި ޢިލްމީ ދިރާސާތަކަށް ޝައުޤުބަހައްޓައި، ހޯދައި، ލިބިގަނެ، މެމްބަރުން ނާއި މުވައްޒަފުންނާ ހިއްސާކުރުން؛

 

މަޤާމުގެ މަސްއޫލިއްޔަތު

ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުގެ ފެންވަރު ބެލުމުގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.

  1. ކޮންމެ މީލާދީ އަހަރެއްގެ ފެށޭއިރު އެ އަހަރަކަށް ސެކްރެޓަރީ ޖެނެރަލް ރާވާ ކަންކަން ކޮމިޝަނަށް ހުށަހަޅައި އެކަންކަން ކޮމިޝަނުން ފާސްކުރުވުން؛

 2. ކޮންމެ އަހަރެއްގެ މެދުތެރޭގައި ސެކްރެޓަރީ ޖެނެރަލް އެ އަހަރުގެ ފުރަތަމަ ބައިގައި ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނުކުތް ނަތީޖާތައް ކޮމިޝަނަށް ހުށަހަޅައި ކޮމިޝަނުގެ ލަފައާއި އިރުޝާދު ހޯދައި އެއަށް ޢަމަލުކުރުން؛

  3. ކޮންމެ އަހަރެއް ނިމުމުން އެ އަހަރެއްގައި ސެކްރެޓަރީ ޖެނެރަލް ކުރި މަސައްކަތްތަކާއި އެ މަސައްކަތްތަކުން ނުކުތް ނަތީޖާތައް ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

  4. މަތީގައިވާ ހުރިހައި ޙާލަތްތަކެއްގައިވެސް ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކެއްގެ މައްޗަށް ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތްތަކަށް މާކުސްދީ މަސައްކަތުގެ ފެންވަރު ބަލާނެއެވެ.

 

މަސައްކަތުގެ ފެންވަރު ބެލުން

 1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ކައުންޓަރުންނާއި ކޮމިޝަނުގެ ވެބްސައިޓް: www.broadcom.org.mv އިން ލިބެން ހުންނާނެއެވެ.)

 2. އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ވަޒީފާއަށް ކުރިމަތިލާއިރު ތަޢުލީމީ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިޔުން ހުށަހަޅަން ވާނެއެވެ)

 3. މިހާރު ވަޒީފާ އަދާކުރަމުންދާނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ އިދާރާއިން ދޫކޮށްފައިވާ ލިޔުން.

 4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).

 5. ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތުން ކުރިން ވަޒީފާ އަދާކުރި ދާއިރާގެ އިސް މުވައްޒަފަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް. (ރިކޮމެންޑޭޝަން ލެޓަރ)

 6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ / އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ސާފު ކޮޕީގެ އަސްލު)

 7.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު

 8. ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. (މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ)

 9. ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ފޯމު.

 

ހުށަހަޅަންޖެހޭ ތަކެތި:

 

2025 ޖޫން 23 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

ވަޒީފާއަށް ކުރިމަތިލާ ފަރާތް އެސެސްކުރާނެ ގޮތާއި، ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

  • ތަޢުލީމީ ފެންވަރު
  • އަސާސީ ތައުލީމީ ޝަރުތައްވުރެ މަތީ ސަނަދެއް އޮތުން %5
  • ހިންގުމުގެ ތަޖުރިބާ
  • އަސާސީ ތަޖުރިބާއަށްވުރެ އިތުރުވާނަމަ %5
  • އިންޓަވިއު %35
  • ޕްރެޒެންޓޭޝަން
  • ގުޅުންހުރި ތަމްރީނު 

 

މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު

 

  1. އެޕްލިކޭޝަން ފޯމް (ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު) ހުށަހަޅަން ޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.

  2. އެޕްލިކޭޝަން ފޯމް ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި ތިރީގައި މިވާގޮތަށް އެޑްރެސް ކުރުމަށްފަހުއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް އަލްފާޟިލާ ޞަފާ ޝަފީޤު

ގ. ބިއްލޫރިޖެހިގެ 3 ވަނަ ފަންގިފިލާ

(ސެކްރެޓަރީ ޖެނެރަލްގެ ވަޒީފާއަށް އެދޭ ފޯމް)

 3. އެޕްލިކޭޝަން ފޯމް އޮންލައިން ކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށަނޭޅޭނެއެވެ.

  4. މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ރިޢާޔަތްކޮށް ސްކްރީންކުރުމަށްފަހު، ޝަރުތުފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓްލިބޭ ފަރާތްތަކާއެކު ޕްރެޒެންޓޭޝަން އަދި އިންޓަރވިއު ކުރިއަށް ގެންދެވޭނެއެވެ.

  5. ވަޒީފާއަށް އެދޭ ފޯމާއި، ކުށުގެ ރެކޯޑު ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.broadcom.org.mv އިން ލިބިވަޑައިގަންނަވާނެއެވެ.

  6. ފޯމް ބަލައިގަތުމަށްފަހު، ސައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލްކުރެވޭނެއެވެ.

  7. ފޯމު ބަލައިގަތުމަށްފަހު މަޢުލޫމާތު ފުރިހަމަނުވާކަމަށް ނުވަތަ ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައިނުވާކަން ފާހަގަވެއްޖެނަމަ، މަޢުލޫމާތު ފުރިހަމަކުރުމަށް ނުވަތަ ލިޔުން ހުށަހެޅުމުގެ ފުރުސަތު އެފަރާތަކަށް ދެވޭނެއެވެ.

 

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3334332 / 3334317

އީމެއިލް: [email protected]

 

ނޯޓް:  މައުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

04 ޖޫން 2025
ހޯދާ