ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގެ "ލަނޑާ" ދޯނި ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ "ލަނޑާ" ދޯނި ނީލަމުގައި ވިއްކާލުން

އެސްޓީއޯގެ "ލަނޑާ" ދޯނި ނީލަމުގައި ވިއްކާލުމަށް ކުރި އިއުލާން ނަންބަރ ADM/CP/2025/196 އަށް އެކަށީގެވާ ތަރުހީބެއް ލިބިފައި ނުވާތީ އަލުން ނީލަމުގައި މިދޯނި ވިއްކާލުމަށް އިއުލާން ކުރަމެވެ.

ދޯނީގެ ތަފްޞީލް

ދޯނީގެ ނަން

ލަނޑާ

ދިގުމިން:

11.040 މީޓަރު ( 36.22 ފޫޓު)

ފުޅާމިން

7.26 މީޓަރު (23.81 ފޫޓ)

ފުންމިން:

3.9 މީޓަރު (12.79 ފޫޓު)

ގްރޮސްޓަނޭޖް:

12 ޓަން

ރަޖިސްޓްރީ ނަންބަރު:

C5712A-02

މައުލޫމާތު ސާފުކުރެއްވުމަށާއި ދޯނި ބަލައި ޗެކުކުރަމަށް:

ނީލަމުގައި ވިއްކާލުމަށް ހަމަޖެހިފައިވާ ދޯނި ބަލައިފާސްކުރަން ބޭނުންވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ދޯނި ބަލައިފާސްކުރުން ކުރިޔަށްދާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ.

- ދޯނި ބަލާ ފާސްކުރުމަށް ގުޅުއްވާނީ 9782171 ފޯނަށް (މުޙައްމަދު ރިޔާޟް - އެޑްމިން އޮފިސަރ)

 

ދޯނި ދެއްކުމަށް ހަމަޖެހިފައިވާ ގަޑި އަދި ދުވަސް

- ދޯނި ބެލުމަށް ބޭނުންވާ ފަރާތްތަކުން 11 ޖޫން 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 2 ނަންބަރު ޖެޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ. 2 ނަންބަރު ޖެޓީގައި އެސްޓީއޯގެ ލޯންޗް ފުނަދޫއަށް ދޯނި ބެލުމައް ދިއުމައްޓަކައި ހަމަޖެހިފައިވާނެއެވެ.

 

ނީލަމުގެ ޝަރުތުތައް:

  1. ނީލަން ފެށޭ އަގު: 600,000ރ (ހަލައްކަ ރުފިޔާ).
  2. ވީމާ ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ.
  3. އަގު ހުށަހެޅުން އޮންނާނީ 12 ޖޫން 2025 ވަނަ ދުވަހު ގަޑި 10:00 ގައި އެސްޓީއޯ ޓްރޭޑުސެންޓަރ، ފަންގިފިލާ 3 ގައެވެ.
  4. ނީލަން ކާމިޔާބުކުރައްވާ ފަރާތަށް ބިލް ހަވާލުކުރާތާ ރަސްމީ ބަންދު ނޫން 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު، ދޯންޏާ ހަވާލުވެ، އެ މުއްދަތުގެ ތެރޭގައި ދޯނި ގެންދެވުން އެދެމެވެ. މި މުއްދަތު ހަމަވުމުން، އިޢުލާން ބާޠިލުކުރުމުގެ އިޚްތިޔާރު އެސްޓީއޯއަށް ލިބިގެންވާ ވާހަކަ ދަންނަވަމެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ އެހެނިހެން ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
04 ޖޫން 2025
ހޯދާ