ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯގައި ބޭނުންކޮށްފައިވާ މާކިއުރީ (ސީޕްރޯ) 300 ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީން ނީލަމުގައި ވިއްކާލުން

އެސްޓީއޯގައި ބޭނުންކޮށްފައިވާ މާކިއުރީ (ސީޕްރޯ) 300 ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީން ނީލަމުގައި ވިއްކާލުން

މި ކުންފުނީގައި ބޭނުންކޮށްފައިވާ މާކިއުރީ (ސީޕްރޯ) 300 ހޯސްޕަވަރގެ އައުޓްބޯޑް 2 އިންޖީން ނީލަމުގައި ވިއްކާލުމަށް ކުރެވުނު ހަތަރު އިޢުލާން ނަންބަރު: (ADM/CP/2025/169 ،ADM/CP/2025/195 ،ADM/CP/2025/178  އަދި 60-BD/2025/156) އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އަލުން ނީލަމުގައި މި އިންޖީންތައް ވިއްކާލުމަށް އިޢުލާން ކުރަމެވެ.

ވީމާ އިންޖީނުތައް ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީހުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހެޅޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 15 ޖޫން 2025 ވަނަ ދުވަހުގެ 10:00 ގެ ކުރިން މާލެ 2 ނަންބަރު ޖެޓީއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

ކ. ފުނަދޫ

15 ޖޫން 2025/ގަޑި،10:00

އަގުހުށަހެޅުން

އެސްޓީއޯ ޓުރޭޑްސެންޓަރ، ފަންގިފިލާ 3

16 ޖޫން 2025/ގަޑި،10:00

ނީލަން ފެށޭ އަގު

150,000.00ރ (އެއްލައްކަ ފަންސާސްހާސް ރުފިޔާ)

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން ބިލް ހަވާލުކުރާތާ ރަސްމީބަންދު ނޫން 3 ދުވަހުގެ ތެރޭގައި ފައިސާ ދެއްކެވުމަށްފަހު ފައިސާ ދައްކަވާފައިވާ ތަކެތި 3 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. މިގޮތުން ތަކެތި ގެންދެވުމަށް ދެވޭ މުއްދަތު ހަމަވުމަށްފަހު ނުގެންގޮސް ހުންނަ ތަކެތި ނައްތާލުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ލިބިގެންވެއެވެ. އަދި މިގޮތަށް މުދާ ނުގެންގޮސް ހުންނަ ފަރާތްތަކުން އެސްޓީއޯ އިން ބާއްވާ ނީލަން ތަކުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނެ ނަންބަރު:9782171

04 ޖޫން 2025
ހޯދާ