ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫ ބީޗް ތަރައްޤީކުރާ ސަރަޙައްދުގައި ކޮފީ ޝޮޕެއް ޢިމާރާތް ކުރުން

                  (IUL)403-A/403/2025/79:ނަންބަރު                                                          

އިޢުލާން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

                ލ.މާމެންދޫ ބީޗް ތަރައްޤީ ކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދުގައި ކޮފީޝޮޕެއް އަމިއްލަ ތަކެތީގައި ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތް ކުރާނީ އިދާރާއިން ދެވޭ ނަމޫނާ އާއި އެއްގޮތްވާ ގޮތުގެމަތިންނެވެ. ޢިމާރާތް ހިޔާކުރުމަށް ބޭނުންވާ ޓިނާއި ލަކުޑި މަސައްކަތްކުރާ ފަރާތަށް މިއިދާރާއިން ފޯރުކޮށްދެވޭނެއެވެ.

 

ތަފްޞީލް

ދުވަސް

ތަން

ބީލަމުގައި ރަޖިސްޓްރީވުން

19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 13:00  އާއި ހަމައަށް

ލ.މާމެންދޫ ކައުންސިލް އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މި ބީލަމާ ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.

ބީލަން ހުށަހެޅުން

01 ޖުލައި 2025

(އަންގާރަ)

11:30 ގައި

ލ.މާމެންދޫ ކައުންސިލް އިދާރާ

       

       

     މި ޕްރޮޖެކްޓާއިބެހޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭފޯމް ކައުންސިލް އިދާރާއިންނާއި ފޭސްބުކްޕޭޖުން އިޢުލާނާއިއެކު ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ބީލަން ރަޖިސްޓްރީވުމަށްދީފައިވާ މުއްދަތުގައި ބީލަމަށް ރަޖިސްޓްރީކޮށް އަދި ބީލަންފޮތް ވިއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ބީލަންފޮތް ގަންނަ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އޮންލައިންކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޯމް މެއިލް ކުރެވިދާނެއެވެ. ބީލަން ފޮތް 10 ޖޫން 2025 ވާ އަންގާރަ ދުވަހުން ފެށިގެން 25 ޖޫން 2025 ވާ

 

ބުދަ ދުވަހުގެ 12:00 އާއި ހަމައަށް މިއިދާރާއިން ގަންނަން ލިބެން ހުންނާނެއެވެ. ބީލަން ފޮތުގެ އަގަކީ -/100 (ސަތޭކަ) ރުފިޔާ އެވެ.

 

* ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ / ލ.މާމެންދޫ

* އީމެއިލް: [email protected]

* ފޯން: 6800705

              ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

              08 ޛުލްޙިއްޖާ 1446ހ

04 ޖޫން 2025
ހޯދާ