މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނު ކައުންސިލާއި ދޮންފަނު ސްކޫލްގެ ޤުރުއާން މުބާރާތް 1447 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.

             " ބ. ދޮންފަނު ކައުންސިލާއި ދޮންފަނު ސްކޫލްގެ ޤްރުއާން މުބާރާތް 1447 " ނަމުގައި ޤްރުއާން މުބާރާތެއް 2025 ޖުލައި 5 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، އަތޮޅު އަދި ޤައުމީ ފެންވަރުގައި ނަން ވިދާލެވޭނެފަދަ ޤާބިލް ދަރިވަރުންތަކެއް އުފެއްދުމެވެ. މި މުބާރާތުގައި ވާދަ ކުރެވޭނީ ބަލައިގެން ކިޔުމުގެ ގޮފިންނާއި ނުބަލައި ކިޔުމުގެ ގޮފިންގެ އިތުރުން އިންކްލޫސިވްގެ ބައިންނެވެ. ކޮންމެ ދަރިވަރަކަށްވެސް މިމުބާރާތުގައި ކިޔެވޭނީ ކޮންމެވެސް އެއް ގޮތްޕަކުންނެވެ.

             މިމުބާރާތުގެ ކޮންމެ ކީ ސްޓޭޖަކުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފީގައި ބައިވެރިވާ ސުކޫލް ދަރިވަރުންގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 2 ދަރިވަރަކަށް، އަދި ސްކޫލް ދަރިވަރުން ފިޔަވައި 18 އަހަރުން މަތީގެ އުމުރުފުރައިން ބަލައިގެން އަދި ހިތުން ކިޔެވުމުގެގޮފިން ބައިވެރިވާ ކެންޑިޑޭޓުންގެ ތެރެއިން އެގޮތްޕަކުން އެންމެ މަތިން މާކްސް ލިބޭ 2 ކެންޑިޑޭޓަކަށް އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށްގެންދާ  އަތޮޅު ޤްރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިގޮތުން އަތޮޅު މުބާރާތުން ފުރުސަތު ލިބިގެންދާނީ މިމުބާރާތުގެ ކޮންމެ ކީ ސްޓޭޖެއްގެ އަދި ކޮންމެ ގޮތްޕަކުން 50 އިންސައްތަ މާރކްސް ލިބޭ ދަރިވަރުންގެ ތެރެއިން މަތީގައި ދެންނެވިފައިވާ ގޮތުގެ މަތީން އެންމެ މަތިން މާރކްސް ލިބޭ 2 ދަރިވަރުން/ކެންޑިޑޭޓުންނަށެވެ. މި މުބާރާތުގެ ގަވާއިދު ފާސްކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިނަމަވެސް އަތޮޅު މުބާރާތުގެ ގަވާއިދަށް އެއްވެސް ބަދަލެއް އައިސްފިނަމަ އެބަދަލަކާއި އެއްގޮތަށް އަތޮޅު މުބާރާތުގައި ދަރިވަރުން ބައިވެރިކުރެވިގެންދާނެއެވެ.

             ވީމާމިމުބާރާތުގައި ކުދިން ބައިވެރި ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިފޯމް ކައުންސިލް އިދާރާއިން  ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. މިއިޢުލާނާއެކު މުބާރާތުގެ ޤަވާޢިދު އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އެއްކަރުދާސް ކުރެވިފައިވާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.

04 ޖޫން 2025
ހޯދާ