ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ'' ކުޅުދުއްފުށީ ޤުރުއާން މުބާރާތް 1447'' 2025 ޖުލައި 21،20،19 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، ބައިވެރިވުމަށް އެދޭ ފޯމް ފުރުއްވުމަށްފަހު 22 ޖޫން 2025 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން އެދަރިވަރަކު ބައިވެރިވާ ސްކޫލް، ޤުރުއާން ކިލާސް އަދި ޔުނިވަރސިޓީ ތަކުން އޮންލައިން ފޯމް މެދުވެރިކޮށް ފޯމް ފުރުއްވުން އެދެމެވެ. އަދި ސްކޫލް، ޤުރުއާން ކިލާސް އަދި ޔުނިވަރސިޓީތަކުން ބައިވެރިވާ ފަރާތްތަކުގެ ލިސްޓް އެކްސެލް ފޯމެޓްގައި ސިޓީ ކައުންސިލަށް މެއިލްކުރަން ވާނެއެވެ. ހާފިޡުންގެ ބައިގައި ބައިވެރިވުމަށް އެދޭ އަމިއްލަ ފަރާތްތަކުން އަމިއްލަ ގޮތުން ފޯމް ފުރުއްވުން އެދެމެވެ.
ފޯމް ލިންކް: https://form.jotform.com/251452032078450
އީމެއިލް އެޑްރެސް: [email protected]
މި މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6527170 ނުވަތަ 6528831 އަށެވެ.