ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ކުނަހަންދޫ އޭ.ޓީ.އެމް ޤާއިމް ކުރުމާއި ގުޅޭ

އިޢުލާން 

ލ. ކުނަހަންދޫ އޭ.ޓީ.އެމް ޤާއިމް ކުރުމާއި ގުޅޭ

 ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ލ. ކުނަހަންދޫގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ އޭ.ޓީ.އެމްގެ މަސައްކަތްތައް މަޢުލޫމާތޫ ޝީޓުގައިވާ ގޮތައް ކުރުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގައި ބިޑް ރަޖިސްޓްރީކޮށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީހް

ގަޑި

ތަން

ބީލަމުގައި ރަޖިސްޓްރީވުން (2025 ޖޫން 4 އިން 17އަށް)

17 ޖޫން 2025

13:00  

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

17 ޖޫން 2025

14:00

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

އަންދާސީ ހިސާބް ހުށަހެޅުން

18 ޖޫން 2025

13:00

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ

އީމެއިލް މެދުވެރިކޮށް ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާ ނަމަ ފޮނުވާނީ [email protected] މެއިލް އެޑްރެހަށެވެ. 

  • ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ  ސިޓީއުރައިގައި ބަންދުކުރެވިފައެވެ.
  • ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތަކުން ހުށަހަޅާ ބީލަންތަކާއި، ގަޑިޖެހިގެން ހުށަހަޅާ ބީލަންތަކާއި، އީމެއިލް އަދި ފެކްސްއިން ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
  • އަންދާސީ ހިސާބު ހުށަހަޅާ މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ.
  • މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
  • އަންދާސީ ހިސާބް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އަންގައިދޭ ލިޔުމާއި ބަދަލުގައި އަންނަ ފަރަތުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • ހުށަހަޅާ އަންދާސީ ހިސާބްގައި މަސައްކަތުގެ ޖުމްލަ އަގު އަދި މުއްދަތު އެގެން އޮންނަންވާނެއެވެ.
  • ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްރީގެ ކޮޕީ އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނުކުރީމެވެ. 

08 ޛުލްޙިއްޖާ 1446          

04 ޖޫން 2025
ހޯދާ