ދިވެހިރާއްޖެ
އިޢުލާން
1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަހާއި ގުޅިގެން ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި އިންޖީނުލީ އުޅަނދު އަދި ބެޓެރި ވެހިކަލްތައް ދުއްވުން މަނާކުރުމާއި ގުޅޭ.
13 ޖޫން 2024 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ، ކޮންމެ އަހަރެއްގެވެސް ފިތުރު ޢީދު އަދި އަޟްޙާ ޢީދު މި ދެދުވަސް އެހެން ގޮތަކަށް ނިންމާފައި ނުވާކަމުގައިވާނަމަ މާލޭ ސިޓީގައި ވެހިކަލް ނުދުއްވާ ވަގުތެއްގެ ގޮތުގައި ހަވީރު 16:00 އިން 18:00 އަށް ހަމަޖެއްސުމަށް ނިންމާފައެވެ. މި ނިންމުމާއި ގުޅިގެން 1446 ވަނަ އަހަރުގެ އަޟްޙާ ޢީދު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލޭގެ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ މަގުތަކެއްގެ ގޮތުގައި ވަނީ ނިންމާފައެވެ.
އަދި މަތީގައި ދެންނެވިފައިވާ ގަޑީގައި އެމެޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ޚާއްޞަ ސްޓިކަރ މި ކައުންސިލްގެ ޢާންމު ޚިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) 06 ޖޫން 2025 ވަނަ ދުވަހުގެ ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 14:00އިން 15:45 އަށް ދޫކުރާނެ ވާހަކަ ދެންނެވީމެވެ.
ވީމާ، ގްރޭޓަރ މާލެ އޭރިއާގެ މަގުތަކުގައި މަތީގައި ދެންނެވިފައިވާ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް، އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުމަކީ މަނާކަމެއްކަމުގައި ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ. އަދި މި އެންގުމާ ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ.