ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެން (ވޭޖު) އިޖުތިމާއި ސަރަހައްދު ސާފްކުރުމަށް

                                    ނަންބަރު: (IUL)405-A/2025/27

ވަޒީފާގެ ފުރުސަތު

ކައުންސިލް އެސިސްޓެން  (ވޭޖު)

 

އިޢުލާނު

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ވޭޖު)

   

ބޭނުންވާ އަދަދު:

30(ތިރީސް)

މަޤާމުގެ ގިންތި:

ވަގުތީ  ( 2 އަހަރު)

މަޤާމުގެ ރޭންކު:

އެސް. އެސް.1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭތަން:

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ / ލ.ކުނަހަންދޫ (  މުނިސިޕަލް ސަރވިސް އެންޑް އިންފްރާސްޓްރަކްޗަރ ޔުނިޓް ޔުނިޓް)   

މުސާރަ:

މަސައްކަތް ކުރާ ކޮންމެ ގަޑިއަކު 40 ރުފިޔާ ދުވާލަކު 2ގަޑިއިރު ( ހަފްތާއަކު 6 ދުވަހު)

ސަރވިސް އެލަވަންސް:

މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 10ރުފިޔާ

އެހެނިހެން އެލަވަންސް:

- ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން. 
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތަށް ތަންފީޒުކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި ސެކެރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބު ދާރީވުން.
  3. ކުނަހަންދޫ ކައުންސިލް އިދާރާގެ  ބެލުމުގެ ދަށުގައިވާ ޢިމާރާތް ތަކާއި ތަންތަން ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން ބެލެހެއްޓުމާއި، ކުރަންޖެހޭ އެހެނިހެން މަސައްކަތް ކުރުން.
  4. ރަށުގެ އިޖްތިމާޢީ ސަރަހައްދުތަކާއި، ކައުންސިލުން އަންގާ ތަންތަން ކުނިކަހާ ވިނަ ނޮޅާ ސާފުރަންޖެހޭ ސަރަހައްދުތައް ކައުންސިލުން އަންގާގޮތެއްގެ މަތިން ވިނަ ނޮޅާ ސާފުކޮށް، ކުނިކަހާ ބެލެހެއްޓުން.
  5. ކުނި ގޮނޑުގެ ކުނިތައް ހަމަޖެހިފައިވާ އުސޫލުން ރައްކާތެރި ކަމާއެކު ނައްތާލުން
  6. ކުނި އަންދާ ވަޅުގަނޑު ހިމެނޭ ސަރަހައްދާއި ކުނި ކޮށި ހިމެނޭ ސަރަހައްދުގައި ހުންނަ ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން
  7. މަގުމަތީގައި އިންދާފައިވާ ގަސްތައް ހިނގާ މީހުންނަށާޢި،ދުއްވާ އެއްޗިއްސަށް ދަތިނުވާނެ ގޮތަކަށް ބެލެހެއްޓުން
  8. ކައުންސިލް އިދާރާގެ ހުޅަނގު މަގުން (ހިޔާ ގޯޅިން) ފެށިގެން ހެލްތް ސެންޓަރ ހުޅަނގުމަގާއިއެކު (ސަންފްލާވާރ ގޯޅި) އަދި ސްކޫލް އަދި މިސްކިތުގެ އުތުރުމަގުގެ މަގުފަޅިން ފެށިގެން ބަނދަރު މައްޗާއެކު ވިނައުފުރައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  9. ކޯޓްއަޅާބިމުގެ ( ސިއްހީ މަރުކަޒުގެ ހުޅަނގުން އޮންނަބިން) ހުޅަނގުންނާއި އުތުރުންވާ މުޅިމަގާއި، އިރުމަތި އަދި ދެކުނުމަގުގެ މަގުފަޅިއާއި އެކު ވިނައުފުރައި ކުނިކަހާސާފުކުރުން.
  10. ފެނަކަ އައު އޮފީސްއަޅާ ބިމުގެ އުތުރުމަގާއި ދެކުނުމަގުގެ މަގުފަޅިއާއި ހުޅަނގުމަގުގެ މަގުފަޅި ވިނައުފުރައި ކުނިކަހާ ސާފުކުރުން.      
  11. ރައްދެބައިމަގު (އާމަގު)، ދިރާގު ހަޓުންފެށިގެން އެ މަގުގެ ނިޔަލަށާއި، ފަތުހިއްޔާ އުޘްމާން ގޯއްޗާއި މޫސާ ޙުސައިން ގޯތީގެދެކުނުން ( ރޯޝަނީ މަގުގެ ދެކުނުމަގުފަޅި) ކުނިކަހާ ވިނަނޮޅާއި އަދި މަގުކާރިޖަހާ ސާފުކޮށް ބަހައްޓުން.
  12. ވައިނުޖެހޭގޭ އިރުންއޮންނަ މަގުގެ އިރުމަތީމަގުފަޅިއާއި ކުނިކޮށީގެ ހުޅަނގުން އޮންނަބިމުގެ ހުޅަނގުމަގުގެ އިރުމަތީމަގުފަޅިއާއީ އެބިމުގެ އުތުރުންނައި ދެކުނުން އޮންނަ މަގުތަކުގެ ވިނަނޮޅައި މަގުކައިރިޖަހާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  13. ސިއްހީ މަރުކަޒުގެ އުތުރުމަގުފަޅިއާއި ލައިނޫފަރުމަގާއި އާއިންޖީނުގެ އުތުރުމަގުންގޮސް އެތަނުގެ އިރުމަތީ މަގާއި ހަމައަށް ވިނަނޮޅާ ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  14. މަލަކު ގޯއްޗާއި ތިކްރީތު ގޯތީގެ ހުޅަނގުމަގުފަޅިން ފެށިގެން ހިތްފަސޭހަ މަގުނިޔަލަށް ވިނަނޮޅައި މަގުކާރިޖެހުމާއެކު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  15. ހިތްފަސޭހަ މަގުގެ އަތިރިމަތި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  16. މިރިހިމަގުގެ ހުޅަނގުން އަޒުމްގެއާއި ސައާދަތު ގޭގެ އިރުންވާ ހުސްބިމާއި ބާއިންޖީނުގޭ ހުޅަނގުންވާ ހުސްބިމާއި ދެމެދުގައިވާމަގުފަޅިއާއި (މިރިހިމަގު) ވިނަނޮޅައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  17. އިންޖީނުގޭގެ ހުޅަނގުން އޮންނަ ހުސްބިމާ ބިމުގެ ވަށައިގެންވާ މަގުފަޅި ކުނިކަހާ ސާފްކޮށް ބެލެހެއްޓުން
  18. ކުނިކަހާ ސާފްކުރުމަށް ހަމަޖެހިފައިވާ އެންމެ ހާ ސަރަހައްދުތަކުން ނަގާ ކުނި ރަށުގައި ކުނި ނައްތާލުމަށް ހަމަޖެހިފައިވާ ނިޒާމްގެ ތެރެއިން ކުނި ނައްތާލުން
  19. ބޮޑުހަރުގެ ގޯތިތެރެއާއި އެތަނުގެ ވަށައިގެންވާ މަގުފަޅިތައް ވިނައުފުރައި ކުނިކަހާ ސާފުކުރުން.
  20. ބޯޅަދަނޑާއި ބޯޅަދަނޑު ވަށައިގެންވާ މަގުތަކުގެ މަގުފަޅިތަކާއެކު ވިނަ އުފުރައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  21. ހިޔާގޯޅި ހުޅަނގު މަގުފަޅިން ފެށިގެން ޑިންގީ ބަންނަ ސަރަޙައްދާއި ބޯޅަދަނޑާއި ގޮނޑުދޮށާއި ދެމެދުގައިވާ ސަރަހައްދު ހިމެނޭގޮތަށް ވިނަނޮނައި ކުނިކަހާ ސާފުކޮށް ބެލެހެއްޓުން.
  22. ސަހަރާގެ ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން
  23. ސަހަރާގެ ދެކުނުމަގުގެ މަގުފަޅިއާއި، އުތުރުމަގުގެ މަގުފަޅިއާއި ހުޅަނގުމަގުގެ މަގުފަޅި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  24. ކައުންސިލުން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުން

މަޤާމުގެ ޝަރުޠުތައް:

 

 

  1. ލިޔަން ކިޔަން އެނގުން

ލިޔަން ކިޔަންއެނގޭކަން ދެނެގަންނާނީ:

ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،

ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ

މަޤާމުގެ ތަޢުލީމީ ރޮނގުތައް:   ނެތް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:  ނެތް

މަޤާމުގެ މަސައްކަތު ދާއިރާތައް:

ފޮޅާ ސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

    6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުތު ހަމަވުން

50

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ

5

އިންޓަވިއު

40

 

ނޯޓް: މަޤާމަށް އައްޔަށްކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ  70 އިން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025ޖޫން 18 ވާ ބުދަ ދުވަހުގެ ގެ 14:00 ގެ ކުރިން، ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected]      މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2025 ޖޫން 19 އާއި 2025 ޖުލައި 15 އާ ދެމެދު، ހައްދުންމަތީ ކުނަހަންދޫ ކައުންސިލް އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 9995970 އަށެވެ. އީ-މެއިލް ކުރާނީ [email protected]      އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

08 ޒުލްހިއްޖާ  1446

 04 ޖޫން 2025

04 ޖޫން 2025
ހޯދާ