ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން
މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން ހދ. ކުޅުދުއްފުށީ ކެމްޕަހުގައި 2025 ޖޫން 13 ވާ ހުކުރު ދުވަހު 16:30 ގައި އޮންނާނެއެވެ.
މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 2025 ޖޫން 13 ވާ ހުކުރު ދުވަހުގެ ހަވީރު 14:00 އިން 16:30 އަށް ކުޅުދުއްފުށީ ކެމްޕަސް އަށް ޙާޟިރުވުން އެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 2025 ޖޫން 13 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް ކުޅުދުއްފުށީ ކެމްޕަހަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.
ނީލަން ކާމިޔާބުކުރި ފަރާތްތަކުގެ ފައިސާ ބަލައިގަތުން ކުރިއަށްދާނީ ނީލަން 16:30 އިން ފެށިގެން 17:30 އަށް ކެމްޕަސް އޮފީހުގައެވެ. އަދި ނީލަން ކިޔުނު ތަކެތި 18:00ގެ ކުރިން ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މި ޔުނިވަރސިޓީއަށް ދެއްކުމަށްފަހު،ލަސްވެގެން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނީލަމާގުޅޭ އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ؛ |
ހދ. ކުޅުދުއްފުށީ ކެމްޕަސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މާލިމީ ހިނގުން، ކުޅުދުއްފުށި ސިޓީ ފޯން: 3345227 އީ-މެއިލް: [email protected] |