- ސޯޝަލް މީޑިއާ ޕޯސްޓް، ވީޑިއޯ، އިންފޯގްރެފިކްސް އަދި ކުރު ވީޑިއޯ (މިސާލަކަށް ރީލްސް) ހިމެނޭ ގޮތަށް ގިނަ ބާވަތްތަކުގެ މީޑިއާ ކޮންޓެންޓް އުފެއްދުން.
- އިންސްޓަގްރާމް، ފޭސްބުކް، ލިންކްޑްއިން، ޔޫޓިއުބް އަދި ވެބްސައިޓް ފަދަ ވަކި ޕްލެޓްފޯމްތަކަށް ޙާއްސަކޮށްގެން ކޮންޓެންޓް ތައްޔާރުކުރުން.
- މާކެޓިންގ ޓީމާ ގުޅިގެން، ވަކި ކެމްޕޭންތަކަށާއި އުފެއްދުންތައް ތަޢާރަފުކުރުމަށް ނުވަތަ ޙާއްސަ ޙަރަކާތްތަކަށް ބޭނުންވާ މުހިންމު ކޮންޓެންޓް އެފެއްދުމުގައި އިސްނަގައި މަސައްކަތްކުރުން.
- މީގެ އިތުރުން، އުފައްދާ ހުރިހާ ކޮންޓެންޓަކީވެސް ބްރޭންޑްގެ މިންގަނޑުތަކާއި ކެމްޕޭންގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައްޔާރުކުރެވޭ އެއްޗެހިކަން ކަށަވަރުކުރުން.
- ހުރިހާ މާކެޓިންގް ޗެނަލްތަކެއްގައި އެއްގޮތް މެސެޖްތަކެއް ދިނުން ކަށަވަރުކުރުމަށް ޓީމުގެ މެންބަރުންނާއި އެކު މަސައްކަތްކުރުން.
- އިންޑަސްޓްރީގެ ޓްރެންޑްތަކާއި، އޯޑިއަންސްގެ ޝައުޤުވެރިކަން ހުރި ކަންތައްތަކާއި، އަލަށް ނުކުންނަ ކޮންޓެންޓް ފޯމެޓްތަކާ ބެހޭ ގޮތުން އަޕްޑޭޓްވެ ހުރުން.
- ކޮންޓެންޓަކީ ސައްޙަ، ގުޅުންހުރި އަދި ބްރޭންޑްގެ ލަނޑުދަނޑިތަކާ އެއްގޮތްވާ އެއްޗެއްކަން ކަށަވަރުކުރުމަށް ދިރާސާތައް ކުރުން.
- ކެންވާ ނުވަތަ އެޑޯބް ސައިޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އަސާސީ ގްރެފިކްސް، އެނިމޭޝަމް ނުވަތަ ވީޑިއޯ އެޑިޓްތައް ތައްޔާރުކުރުން.
|